ކުޅިވަރު

100 މީޓަރު ދުވުމުގެ ފައިނަލުން ސާއިދު ޖާގަ ހޯދައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފިއެވެ.

ސާއިދު ފައިނަލުން ޖާގަ ހޯދީ މިއަދު ހެނދުނު ކުރިއަށްދިޔަ 100 މީޓަރު ދުވުމުގެ ޕްރިމިލިނަރީ ހީޓުގައި ވާދަކޮށް އެ ހީޓުން ދެވަނަ ހޯދައިގެންނެވެ.

100 މީޓަރު ދުވުމުގެ ފައިނަލް ހީޓް އޮންނާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 04:55ގައެވެ.

ސާއިދަކީ 2015ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެއިން ހޯދި ހަމައެކަނި ރަން މެޑަލް ރާއްޖެއަށް ހޯދައިދިން އެތްލީޓެވެ. އެފަހަރު 100 މީޓަރ ދުވުމުން ސާއިދު ރަން މެޑަލް ހޯދިއިރު، 200 މީޓަރު ދުވުމުން އޭނާ ރިހި މެޑަލް ހޯދިއެވެ.