 
										 
										
			އެމްއެންޑީއެފް ކޯސްޓް ގާޑާއި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސް ގުޅިގެން ސަރޗް އެންޑް ރެސްކިއު އެކްސަސައިޒްއެއް އެމްއެންޑީއެފުން ފަށައިފިއެވެ. 
މި އެކްސަސައިޒް ކުރިއަށްގެންދަނީ ހުޅުމާލޭގެ އިރުމަތީފަރާތުންގައެވެ. މި އެކްސަސައިޒްގައި ޖަޕާނު ނޭވީގެ ފްލައިޓަކާއި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވާ ގޮތަށް ހަަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
 
އެކްސަސައިޒް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިއަދު ތިނެއްޖެހުމާއި ހަމައަށެވެ. މިއަދު ކުރިއަށްދާ މި އެކްސަސައިޒްގައި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތާއި ކަނޑުވެފައިތިބޭ ފަރާތްތަކަށް އެހީތެރިވުމަށް އަމަލީގޮތުން ޙަރަކާތްތެރިވާނެގޮތްތަކަށްވެސް ފަރިތަކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
ސިފައިންގެ ފެންވަރު ރަނގަޅުކޮށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން މިފަދަ ގިނަ އެކްސަސައިޒްތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ.