ކުޅިވަރު

މުބާރާތަށް އައީ ހަގު ޓީމެއް، ނަމަވެސް ކުޅެން ތައްޔާރު: ސައުދީ ޓީމް


ޔޫއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ މުބާރާތަށް ސައުދީ ޢަރަބިޔާއިން އައީ، އެހެން ޓީމުތަކަށްވުރެއް ހަގު ޓީމަކާއެކު ކަމުގައިވާނަމަވެސް ޓީމު ކުޅެން ތައްޔާރުކަމަށް ސައުދި ޢަރަބީއްޔާއިން ބުނެފި އެވެ.

މިއަދު ސައުދި އަރަބިއްޔާ އާއި ލެޓްވިއާ ކުޅޭ މެޗާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސައުދީ ޓީމުގެ ކޯޗު މުހައްމަދު އަމީން ބުނީ، ސައުދީ ޓީމުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން، ސީދާ މި މުބާރާތަށް ތައްޔާރުވާން ފަށާފައިވާކަމަށެވެ. އޭނާ ބުނި ގޮތުގައި މުބާރާތުގައި އެ ޓީމުގެ އަމާޒުހުރީ ރަނގަޅު ތަޖުރިބާއެއް ލިބި، ކުޅުންތެރިން ބިނާކުރުމަށް ކަމަށެވެ. އެހެންކަމުން ކުޅުންތެރިންގެ އެންމެ ފުރިހަމަ ހުނަރު ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށް ކޯޗު މުހައްމަދު އަމީން ބުންޏެވެ.

މި މުބާރާތަކީ ފަނަރަ އަހަރުން ދަށުގެ މުބާރާތެއްކަމުން އެ ޤައުމުން ގެނައީ 14 އަހަރުން ދަށުގެ ޓީމު ކަމަށާއި، ނަމަވެސް އެހެން ޤައުމުތަކުން މުބާރާތަށް ގެނައީ 16 އަހަރުން ދަށުގެ ޓީމުކަން އެނގުނީ މުބާރާތައް ރާއްޖެ އައިފަހުންކަމަށެވެ. އެހެންކަމުން 14 އަހަރުން ދަށުގެ ޓީމަކަށް ހާފެއްގެ ފުރިހަމަ 45 މިނެޓު ކުޅެވޭނެ ކަމަށް ޤަބޫލު ނުކުރެވޭކަމަށް ސައުދީ ޓީމުން ފާހަގަކުރި އެވެ.

ސައުދީ އާއި ލެޓްވިއާ ބައްދަލުކުރާ މެޗު މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ދަނޑުގައި ކުޅޭއިރު، މި ދެ ޓީމަކީ މީގެ ކުރިން މި ޢުމުރުފުރާގައި ބައްދަލުކޮށްފައިވާ ދެ ޓީމެއް ނޫނެވެ،