ކުޅިވަރު

އުންމީދަކީ ފައިނަލާއި ހިސާބަށް ދިއުން - ބޫޓާން


ޔޫއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ މުބާރާތުގައި، އުންމީދަކީ ފައިނަލާއި ހިސާބަށް ދިއުން ކަމަށް ބޫޓާން ޓީމުން ބުނެފިއެވެ.

އައްޑޫސިޓީ ފުޓްބޯޅަ ދަނޑުގައި މިއަދުފަށާ މިމުބާރާތުގައި އެންމެ ފުރަތަމަ ބައްދަލު ކުރާނީ ބޫޓާން އާއި ރައްޖޭގެ ޓީމެވެ.

ނޫސްވެރިންވެރިންނަށް މައުލޫމާތު ދެމުން ބޫޓާން ކޯޗު އަޓުސުޝީ ނަކަމޫރާ ބުނީ، އެޓީމުއައީ ހޫނު މާޙައުލެއްގައި ކުޅެން ޖެހިދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުވެގެން ކަމަށެވެ. އަދި މިދިޔަ އަހަރު ރާއްޖޭ ޓީމުގެ ކުޅުން ފެނިފައިނުވާތީ ކުޅުން ވަޒަން ކުރަން ދަތިކަމަށް އޭނާ ބުންޏެވެ.

ބޫޓާން ޓީމު ކޯޗު އިތުރަށް ފާހަގަކުރި ގޮތުގައި އެޓީމަށް މިއަދު މެޗުގައި މޫސުމަށް ބަލައި ވިއްސާރަވެ ފިނިކޮށް އޮތްނަމަ ރަނގަޅަށް ކުޅެވޭނެއެވެ. އަދި ޕްރެކްޓިސް ކުރިއިރުވެސް ވިއްސާރަކޮށް އޮތުމުން އުންމީދު ކުރަނީ މާދަމާ ވެސް މޫސުން ފިނި ކޮށް އޮންނާނެކަމަށް ކަމަށް އޭނަ ބުންޏެވެ. މީގެ އިތުރުން ބޫޓާނުން ބުނީ އެޓީމުގެ ކުޅުންތެރިން ކުޑަ އެހެން ޓީމުތަކާ އަޅާ ބަލާއިރު ކުޑަނަމަވެސް މެޗު ކާމިޔާބު ކުރުމަށް އުންމީދުކުރާ ކަމަށެވެ.

ބޫޓާނާއި ރައްޖެ މާދަމާގެ މެއްޗަށް ނިކުންނައިރު ސަރަހައްދީ މުބާރާތުގައިވެސް ވާދަ ކުރާނެ ދެޓީމެވެ. ދެޓީމުން ވެސް ބުނިގޮތުގައި މިމުބާރާތުގެ ސަބަބުން ސަރަހައްދީ މުބާރާތަށް ބޮޑު އެކްސްޕީރިއެންސެއް ލިބިގެން ދާނެއެވެ.