ސިޔާސީ

ޔޫތު މިނިސްޓަރާއި ހެލްތް މިނިސްޓަރު ކަމަށް 2 ބޭފުޅަކު


ރައީސުލްޖުމްހޫރިއްޔާ،‏ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމަށް ހެންވޭރު ‏‏މާބަނޑޭރިއާގެ އަލްފާޟިލް އަޙްމަދު ޡުހޫރާއި، ‏ މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހެންވޭރު ‏‏އޯކިޑުގޭ އިރުތިޝާމް އާދަމް ‏މިއަދު ޢައްޔަން ކުރައްވައިފިއެވެ. ‏މި ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ‏‏ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏އަލްފާޟިލް އަޙްމަދު ޡުހޫރާއި، އަލްފާޟިލާ ‏‏އިރުތިޝާމް އާދަމް ‏‏ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ‏‏އަލްއުސްތާޛު ‏‏ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައެވެ. ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ ‏‏މަޖިލީހުގެ ‏‏މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.‏