ކުޅިވަރު

ޤައުމީ ޓެންބޯލް ބިލިއާޑް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޢައިމިނަތް ހަލީމް ހޯދައިފި


ޤައުމީ ޓެންބޯލް ބިލިއާޑް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޢައިމިނަތް ހަލީމް ހޯދައިފިއެވެ.

ރޭސް ޓު ފައިވް އަށް ކުޅުނު ފައިނަލް މެޗް ޢައިމިނަތް ހަލީމް ކާމިޔާބުކުރީ ދީނާ އަޙުމަދާއި ވާފަކޮށް ފަސް ފްރޭމް ތިން ފްރޭމުން މެޗް ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ފްރޭމް ގެންދިޔައީ ދީނާ އަހުމަދު، ނަމަވެސް ޢައިމިނަތް ހަލީމް ވަނީ ޖެހިގެން އައި ދެ ފްރޭމްވެސް ކާމިޔާބުކޮށް ލީޑުނަގާފައެވެ. މެޗުގެ ފަހު ކޮޅުގައި ދީނާއަށް ނަތީޖާ ހަމަހަމަ ކުރަން ފުރުސަތު ލިބުނު ނަމަވެސް ގިނަ ގޯސްތަކެއް ހެދިތަން ފެނިގެންދިޔައެވެ. އެއާއިއެކު ލީޑުގައި އޮވެ އައިމިނަތް ހަލީމް ވަނީ ފަސްވަނަ ފްރޭމް އަޅުވައި މެޗު ކާމިޔާބުކޮށްފައެވެ.

މެޗައްފަހު ވާހަކަ ދައްކަމުން އައިމިނަތް ހަލީމް ބުނީ، މެޗު ފެށުނީ އެހާ ރަނގަޅަށް ނޫން ކަމަށާއި، ފުރަތަމަ ކޮޅުގައި ސަމާލުކަން ދޭންވީ ވަރަށް ނުދެވުނީ ކަމަށް. އަދި އިދިކޮޅުން ވާދަކުރި ކުޅުންތެރިޔާ އާއި އެކި މާގިނަ މެޗުތަކެއް މީގެކުރިން ކުޅެފައި ނެތުމުން ފުރަތަމަ ކޮޅުގައި ތަންކޮޅެއް އުނދަގޫވީ ކަމަށްވެސް އައިމިނަތް ހަލީމް ބުނި.

"އަސްލު ފަށުން ތަންކޮޅެއް ގޯސްކޮށް ދިޔައީ، އެއީ މީގެ ކުރިން މިއަހަރުގެ ތެރޭގަ ނެތް އޮޕޯނެންޓާއި އެކު މާގިނައިން ކުޅެލަން ލިބިފައެއް، އެހެންވެ ކަންނޭންގެ އެންމެ ފުރަތަމަ މެޗުގެ ތެރެއަށް ވަދެލަން އުނދަގޫވީ،" އައިމިނަތް ހަލީމް ބުންޏެވެ.

މުޅިން އަލަށް މުބާރާތުގެ ފައިނަލްގައި ވާދަކުރި ދީނާ މޫސާ ބުނީ، ފުރަތަމަ ފަހަރުކަމަށް ވުމުން ނަތީޖާއާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި، ނަމަވެސް ލިބުނު ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުނުނަމަ މެޗް ކާމިޔާބު ކުރެވުނީސް ކަމަށެވެ.

"ތަންކޮޅެއް ނާވަސް ވީ އަސްލު، އެކަމު ފުރަތަމަ ފަހަރުވީމަ ވަރަށް ހެޕީ، އެއީ ކުރިން މުޅިންވެސް ތިންވަނަ މި ލިބެނީ، އެކަމު މިފަހަރު ރަނަރއަޕްވީމަ ވަރަށް ހެޕީ" ދީނާ މޫސާ ބުންޏެވެ.