ޚަބަރު

ނުގަވާއިދުން ޕާކުކުރާ އުޅަނދުތަކުންނަގާ ޖޫރިމަނާ މާފް ކުރަނީ


އެއްގަމު އުޅަނދުފަހަރުތަކުގައި ސްޓިކާ ޖެހުން ހުއްޓާލާ، މިހާރު ނަގަމުން އަންނަ ޖޫރިމަނާ މާފުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު ވިދާޅުވެއްޖެއެވެ.ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، ނުގަވާއިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހައި ،  ޖޫރިމަނާކުރުންފަދަ ކަންތައްތަކުން ،  މިމައްސަލަ ހައްލުވާނޭކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި ސްޓިކާ ޖެހުމާއި ޖޫރިމަނާކުރުމުގެ ކަންތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހައްލެއް ހޯއްދަވާއިދެއްވާނޭކަމަށް ނިހާން ކުރައްވާފައިވާ ޓްވީޓްގައިވެއެވެ.ގަވާއިދާ ހިލާފަށް ޕާކު ކުރާ ފުރަތަމަ ފަހަރު 250 ރުފިޔާއިން ޖޫރިމަނާކުރާއިރު، ދެވަނަ ފަހަރު ނުގަވާއިދުން ފާކުކޮށްފިނަމަ އެއްގަމު އުޅަނދުފަހަރު ފާކްކުރުމުގެ ގަވާއިދުގެ ދަށުން، 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ދެފަހަރަށްވުރެ  އިތުރުވާ ކޮންމެ ފަހަރަކު ހަތްސަތޭކަ ފަންސާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނޭކަމަށްވެސް މިގަވާއިދުގައިވެއެވެ.