ޚަބަރު

ލިލީ ގުދަނުގައި ރޯވި ހާދިސާގަ ގެއްލުންލިބުނު ގެތަކަށް ބަދަލުދެނީ


މިދިޔަ މާޗް މަހުގެ ނަވާރަވަނަ ދުވަހުގެރޭ މ.އޯކްވިލާގައި ހުރި ލިލީ ކުންފުނީގެ ގުދަނުގައި ހިނގި އަލިފާނުގެ ހަދިސާގައި އެތަނާއި އިންވެގެން ހުރި ގެތަކަށް ލިބުނު ގެއްލުތައް ބެލުމަށްފަހު ހަތް ގެއަކަށް ބަދަލުދޭން ނިންމާފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.އެ ސެންޓަރުން ބުނީ، އަލިފާނުގެ ހާދިސާގައި ގެތަކަށް ލިބިފައިވާ ގެއްލުންތަކުގެ މައުލޫމާތު އެއްކުރުމަށްފަހު، ގެތައް މަރާމާތު ކުރުމަށްދާ ޚަރަދާއި، ތަކެއްޗަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ހަތް ގެއެއްގެ ވަކި ވަކި އެޕާޓްމަންޓްތަކަށާއި، ކޮޓަރިތަކަށް ލިބިފައިވާ ގެއްލުންތަކުގެ އަގުތަކުގެ ތަފްސީލްތައް ރައީސް އޮފީހާއި، ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ. އަދި ރައީސް އޮފީހުން ހުއްދަ ދިނުމުން ބަދަލުތައް ދޭން ފެށޭނެކަމަށްވެސް ޑިޒާސްޓަރއިން މައުލޫމާތުދެއެވެ.މ.އޯކްވިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގުދަން އެއްކޮށް އަނދާ، ތިރީސް މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.