ޚަބަރު

ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި


ސަރުކާރު އޮފީސްތަކުން މިއަހަރު ރަމަޟާން މަހުގައި މަސައްކަތް
ކުރާނެ ރަސްމީ ގަޑި ކަނޑައަޅައިފިއެވެ.



ރައީސް އޮފީހުންނެރުނު ބަޔާނުގައި ބުނެފައިވަނީ ރަމަޟާންމަހު
ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑި ހެދުނު 10:30އިން 14:00އަށް ހަމަޖައްސައިފި ކަމަށެވެ. އަދި
މިއަހަރުގެ ޝައްވާލު މަހުގެ ފުރައްތަމަ ހަތް ދުވަހުގައި ވެސް ސަރުކާރު އޮފީހުގެ މަސައްކަތް
ކުރާ ރަސްމީ ގަޑިއަކީ ހެދުނު ދިހަޔަކުން ފެށިގެން މެންދުރު ދެއަކަށް ކަމަށް މި
ބަޔާނުގައި ބުނެފައިވެއެވެ.