ޚަބަރު

ވިލާ ކޮލެޖްގެ ރިސަރޗް ކޮންފަރަންސް ފަށައިފި


ވިލާ ކޮލެޖުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން 2019 ފަށައިފިއެވެ.

މި ކޮންފަރެންސަކީ އެ ކޮލެޖުން ބާއްވާ މިފަދަ 4 ވަނަ ބައިނަލް އަޤްވާމީ ކޮންފަރެންސްއެވެ. ވިލާ ކޮލެޖްގެ ފަރާތުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ "އިންޓަރޏޭޝަނަލް ކޮންފަރެނސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއހަރުގެ ކޮންފަރެންސްގެ ތީމަކީ "ޓްރާންސްފޯރމެޓީވް ތިންކިންގ- ލީޕް ޓު ދަ ފިއުޗަރ"އެވެ.

ވިލާ ކޮލެޖުން ބުނީ މި ކޮންފަރނެސްއަށް 60 އަށްވުރެ ގިނަ އެބްސްޓްރެކްޓް ހުށައަޅާފައިވާކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ބައިވެރިންނާއި ދިވެހި ދަރިވަރުންނާއި ރިސާޗަރުން ހިމެނެއެވެ. މި ކޮންފަރެންސްގައި ތަފާތު 8 ދާއިރާއަކުން ޕޭޕްރުތަކާއި ޕޯސްޓަރަތއް ހުށައަޅާފައިވާކަމަށާއި 4 ކީނޯޓް ސްޕީޗްއާއި 5 ޕެނަލް ޑިސްކަޝަން ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

ޕެނަލް ޑިސްކަޝަންތައް ބާއްވާ މައިގަނޑު ދާއިރާތަކަކީ ކުޑަކުދިންގެ ހައްގުތައް، ދުޅަހެޔޮ ސިއްހަތު، ފަތުރުވެރިކަމުގެ ދާއިރާ، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ތިމާވެށީގެ ދާއިރާއެވެ.
މި ކޮންފަރެންސް ވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީއާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެންޑޯޒްކޮށްފައެވެ.
ޗަމްޕާ ސެންޓަރލް ހޮޓެލްގައި މި ކޮންފަރެންސް ފެށުމށް ބޭއްވި ހަފްލާގައި އެންވަޔަރަމަންޓް މިނިސްޓަރާއި ކޮމިއުނިކޭޝަން މިނިސްޓަރ ބައިވެރިވެވަޑައިެގންނެވިއެވެ.