ކުޅިވަރު

ކިހާދޫ ބަލިކޮށް އޭދަފުށި ފައިނަލުން ޖާގަ ހޯދައިފި


ބ.ފުޓްބޯޅަ ޗެލެންޖްގައި ކިހާދޫއަށް ފެންވަރު ދައްކާލުމަށްފަހު، ފައިނަލްގެ ފުރަތަމަ ޖާގަ ކްލަބް އޭދަފުށި ހޯދައިފި އެވެ.
މި މެޗް ކްލަބް އޭދަފުށިން ކާމިޔާބު ކުރީ 5-1 ން ނެވެ.
މޮޅު ކުޅުމެއް އޭދަފުށީ ޓީމްގެ ފަރާތުން ފެނުނު މިމެޗްގެ ފުރަތަމަ ލަނޑުޖެހީ 18 ވަނަ މިނެޓްގައި މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި މުޙައްމަދު ފާސިރު ވަނީ މި މެޗުގައި ހަތަރު ލަނޑު ޖަހާފަ އެވެ. އޭދަފުށީގެ 5 ވަނަ ލަނޑުޖެހީ މެޗް ނިމެން 5 މިނެޓަށް ވެފައިވަނިކޮށ އަޙްމަދު އަސްރަފް އެވެ.
ކިހާދޫއިން މިމެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މައުރޫފް އާދަމް އެވެ.
ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މި މެޗްގައި ކިހާދޫ ޓީމްގެ 3 ކުޅުންތެރިއަކަށްވަނީ ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފާ އެވެ.
ފުރަތަމަ ރަތްކާޑު ދެއްކީ ކުޅުމުގެ ތެރެއިން ކްލަބް އޭދަފުށީ ކުޅުންތެރިއަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ކިހާދޫ ކުޅުންތެރިން ރެފްރީންގެ ބައެއްނިންމުންތަކަށް ފާޑުކިޔާ ޒުވާބު ކުރަން ފެށުމުން ކިހާދޫ ޓީމްގެ ކެޕްޓަން އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި އެވެ.
މާދަމާ މި މުބާރާތުގެ ސެމީ ފައިނަލްގެ ފަހު މެޗް ކުޅެވޭނެއެވެ. ބައްދަލުކުރާނީ ކެންދޫއާ ގޮއިދޫއެވެ. މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.