ސިއްހަތު

68 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ މިއަދު ޖެނީވާގައި ފެށިއްޖެ


68 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ މިއަދު ޖެނީވާގައި ފެށިއްޖެއެވެ.މިއަދުން ފެށިގެން މި މަހުގެ ސައްބީހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކެޓްރީ ޚަދީޖާ އަބްދުއްސަމަދު ޢަބްދުﷲ އާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ އައިޝަތު ސާމިޔާ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ މަރިޔަމް ޖެނިފާއެވެ. އަދި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ފަރާތުން ޤީލާ ޢަލީ ވެސް ދިވެހިރާއްޖޭގެ ވަފުދާއެކު ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވެޑައިގެންފައިވެއެވެ.މި އެސެމްބްލީއަކީ ދުނިޔޭގެ ސިއްޙަތާއި ބެހޭ ވަޒީރުންނާއި ސިއްޙީ ދާއިރާގެ އިސް އޮފިޝަލުން ބައިވެރިވެޑައިގެން ސިއްޙަތާއި ގުޅޭ މުހިންމު ނިންމުންތައް ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ މުހިންމު ބައްދަލުވުމެކެވެ.މި މުހިންމު ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވާ މައުޟޫއު ތަކުގެ ތެރޭގައި ގައިންގައަށް އަރާ ބަލިތަކާއި، ގައިން ގަޔަށް ނާރާ ބަލިތަކާއި މައިންނާއި ކުޑަކުދިންގެ ސިއްޙަތާއި ގުޅޭ މުހިންމު މައުޟޫއު ތަކާއި ޑަބްލިއު އެޗް އޯގެ އިދާރީ ކަންތައްތަކާ ބަޖެޓާއި ގުޅޭ މުހިންމު ކަންކަން ނިމިގެންދާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.