ސިޔާސީ

މަޝްވަރާކުރުމަށް ސަރުކާރުން ދެއްވި ދައުވަތު ޖޭޕީން ޤަބޫލުކޮށްފި


ސަރުކާރުން ޖުމްހޫރީ
ޕާޓީއާއި އެކު މަޝްވަރާ ކުރުމަށް ދެއްވި ދަޢުވަތަށް ޖުމްހޫރީޕާޓީން މަރުހަބާ
ކިޔައިފިއެވެ.



ޖުމްހޫރީޕާޓީން ބުނީ
މަޝްވަރާކުރުމަށް ސަރުކާރުން ދެއްވި ދައުވަތު ގަބޫލުކުރާކަމަށާއި، އަދި އެކަން
ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގާފައިވާކަމަށެވެ.



މިމަޝްވަރާތަކުގައި
ޖުމްހޫރީޕާޓީން ބައިވެރިވާނީ ހަތަރު ބޭފުޅުންކަމަށް ޖުމްހޫރީޕާޓީން
މައުލޫމާތުދެއެވެ. އެ ހަތަރު ބޭފުޅުންނަކީ ޖުމްޙޫރީ ޕާޓީގެ ދެ ޑެޕިއުޓީ
ލީޑަރުންކަމަށްވާ އަމީން އިބްރާހިމާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް
އަހުމަދުގެ އިތުރުން، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މަތިވެރި
ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ކަމަށް ޖުމްހޫރީޕާޓީން މައުލޫމާތުދެއެވެ.



ޖުމްހޫރީޕާޓީން ބުނީ މަޝްވަރާތަކުގެ
ސަބަބުން ދިވެހި ޤައުމަށާއި، ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް، ކުރިމަތިވެފައިވާ ސިޔާސީ ، އިޖުތިމާޢީ އަދި އިޤްތިޞާދީ
މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ.