މުނިފޫހިފިލުވުން

"އިޝްޤު ވިޝްގު"ގެ ރީމޭކުން އެންމެ ފެންނަން ބޭނުންވަނީ ސާރާއާއި އިޝާން - އަމްރިތާ


ހިންދީ ފްލިމް "އިޝްގް ވިޝްކް"ގެ ރީމޭކުން އެންމެ ފެންނަން ބޭނުންވަނީ ބޮލީވުޑްގެ އަރަމުން އަންނަ ދެ ތަރިންކަމަށްވާ ސާރާ ޢަލީ ޚާނާއި، އިޝާން ކައްތާރުކަމަށް ބަޠަލާ އަމްރިތާ ރާއޯ ބުނެފިއެވެ.

2003 ވަނަ އަހަރު ނުކުތް ރޮމޭންޓިކް ކޮމެޑީ ފިލްމް އިޝްގް ވިޝްކުގެ ރީމޭކެއް ހަދަން އުޅޭކަމުގެ ޚަބަރު ފެތުރެނު ހިސާބުން ފެށިގެންވެސް ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެނިގެންދާނެ ތަރިންނަކީ ކޮބައިތޯ ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯ ލީޑްރޯލުން ފެނިގެންދިޔަ އިޝްގެ ވިޝްކްގެ ސީކުއެލެ ނެރޭނެކަން އިއުލާން ކުރިތާ ދުވަސްކޮޅެއްވަނީ ވެފައެވެ. ޒަމާނީ ރަހަތަކާއި އެކު އުފައްދާ މި ފިލްމް ޑައިރެކްޓްކުރަނީ ރަމޭޝް ތައުރާނީއެވެ. މި ފިލްމުގެ ލީޑ ޝާހިދުގެ ކޮއްކޮ އިޝާނަށް ދިނުމަށް އޭނައާއި މަޝްވަރާކޮށްފައިވާކަމަށް ފިލްމުގެ ޕްރޮޑަކަޝަން ޓީމުން ބުނެއެވެ.

މަޝްހޫރު ޑިޒަައިނަރ ސޮނާލީ ޖައިންގެ ސްޓޯރެއް ލޯންޗްކުރުމަށް ބޭއްވި އިވެންޓެއްގެ ތެރެއިން އިޝްގް ވިޝްކުގައި ޕާޔަލްގެ ރޯލު ކުޅެފައިވާ އަމްރިތާ ރާއޯއަށް ވަނީ މި ފިލްމުގެ ރީމޭކުން އޭނާ އެންމެ ދެކެން ބޭނުންވަނީ ކޮން ފަންނާނުނެއްތޯކަމާމެދު ސުވާލުކޮށްފައެވެ. އަދި އެ ރޯލުން ފެންނަން ބޭނުންވަނީ ސާރާ، ޖާންވީ ނުވަތަ އަނަންޔާ ޕާންޑޭތޯ އެހުމުން ޖަވާބުގައި އޭނާ ބުނެފައިވަނީ އެ ރޯލަށް އެންމެ ކަމުދަނީ ސާރާ ކަމަށާއި، ސާރާއާއެކު ރާޖީވްގެ ރޯލު އެންމެ ގުޅެނީ އިޝާނާކަމަށެވެ.

އިޝްގް ވިޝްކްއަކީ ޝާހިދު ކަޕޫރު ލީޑް ރޯލަކުން ބޮލީވުޑަށް ތަޢާރަފުވި ފުރަތަމަ ފިލްމެވެ. އަދި މި ފިލްމް ވެފައިވަނީ 2003 ވަނަ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމަށެވެ. މި ފިލްމު ވަނީ 122 މިލިއަން ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ.

ފިލްމުގެ ކާސްޓުން އަދި ރަސްމީކޮށް އިޢުލާންކޮށްފައި ނުވިނަމަވެސް، މި ފިލްމުން އެންމެ ފެނުން އެކަށީގެންވަނީ އިޝާނާއި ސަރާއެވެ. އަދި ސަރާގެ ބަދަލުގައި ސްރީދޭވީގެ ދަރިފުޅު ޖާންވީވެސް ފެނުން އެކަށީގެންވާކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.