ސިޔާސީ

އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް މިހާތަނަށް ހުށަހެޅީ 7 ޕާޓީއަކުން


އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް މިހާތަނަށް ހުށަހަޅާފައިވަނީ ހަތް ސިޔާސީ ޕާޓީއަކުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.އެކޮމިޝަނުން ބުނީ އަހަރީ ރިޕޯޓް މިހާތަނަށް ހުށަހަޅާފައިވަނީ ޕީޕީއެމްއާއި އެމްޑީޕީ، ޖޫމްހޫރީ ޕާޓީ އަދި ޑީއާރުޕީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއާއި އާއިޑީޕީކަމަށެވެ. އަދި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅަންޖެހޭކަމަށާއި ހުށަނާޅާ ޕާޓީތަކަށް ފައިސާ ދޫނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ބެލުމަށްފަހު ކޮންމެ ބޮލަކަށް ޖެހޭ އަދަދަށެވެ. އަދި މި އަހަރުގެ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް 20 މިލިއަށް ރުފިޔަ ބެޖެޓްގައި ހިމަނާފައިވާކަމަށާއި ފާއިތުވި އަހަރު 9 ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 11.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީއަށެވެ. އެޕާޓީއަށް 3.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު އޮތީ ފަނަރަ ސިޔާސީ ޕާޓީއެވެ.