ޚަބަރު

މިނިވަން 50 ލޯގޯ ވީހާވެސް ގިނައިން ބޭނުން ކުރުމަށް އެދިލައްވައިފި


މިނިވަން ފަންސާސް ލޯގޯ ވީހާވެސް ގިނައިން ބޭނުން ކުރުމަށް ހޯމް މިނިސްޓްރީން އެދިލައްވައިފިއެވެ.ހޯމް މިނިސްޓްރީން ބުނީ މިނިވަން ފަންސާސް ލޯގޯ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ފަށާފައިވާކަމަށެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ އިސްނެގުމުގެ މަތިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިވަން ފަންސާސް ލޯގޯ ޕްރޮމޯޓް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.ލޯގޯ ޕްރޮމޯޓް ކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކުގެ ލިޔެކިޔުންތަކުގައި ލޯގޯ ބޭނުން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. ހޯމް މިނިސްޓްރީން ބުނީ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ސޯޝަލް މީޑިޔާގައިވެސް މިނިވަން ފަންސާސް ޕްރޮމޯޓް ކުރުން މުހިންމުކަމަށެވެ. މިކަމުގައި ހުރިހާ ދިވެހި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.