ވިޔަފާރި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖް ފަށައިފި


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖް މިއަދު ފަށައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އެކި ބާވަތްތަކުގެ ތަކެތި މާކެޓްކުރާ ފަރާތްތަކަށާއި އެދާއިރާގައި މަސައްކަތްކުރާ ކާބޯތަކެތި އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ފުޑް އެންޑް ހޮސްޕިޓާލިޓީ އެކްސްޕޯގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ކަލިނަރީ ޗެލެންޖުގައި ކާބޯތަކެތި ތައްޔާރުކޮށް ޚިދުމަތްދޭ 500 އަށްވުރެ ގިނަ ފަންނާނުން ބައިވެރިވާކަމަށް ޝެފް ގިލްޑް އޮފް މޯލްޑިވްސްްއިން މައުލޫމާތުދެއެވެ.

މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ބާއްވާ ކަލިނަރީ ޗެލެންޖު ކުރިއަށްދަނީ ދަރުބާރުގޭގައެވެ. މި ހަރަކާތުގެ މައި އިވެންޓު ކަމުގައިވާ "ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް" ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މިއަހަރުގެ އެކްސްޕޯގައި ޖުމްލަ 150 ފަރާތެއްގެ ސްޓޮލް ހިމެނޭނެއެވެ. ފުޑް އެންޑް ހޮސްޕިޓަލިޓީ އެކްސްޕޯ ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.