ޚަބަރު

އިކޮނޮމިކް މިނިސްޓަރު ނައިބަކަށް މުޖާހިދު ޢައްޔަންކުރައްވައިފި


މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ގއ.ދާންދޫ، ކާމިނީގެ، އަޙްމަދު މުޖާހިދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަނު ކުރައްވައިފިއެވެ.

މިހިނގާ ޖުލައި މަހުގެ 11 ވަނަ ދުވަހު މަގާމަށް ހަމަޖެއްސެވި އަޙްމަދު މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިން މާސްޓަރ އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

އަޙްމަދު މުޖާހިދު މީގެ ކުރިން އަދާކުރައްވައިފައިވާ މަޤާމުތަކު ތެރޭގައި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމާއި، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމާއި، އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރގެ މަޤާމާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޕާޓް ޓައިމް ލެކްޗަރަރގެ މަޤާމު ހިމެނެއެވެ.

މުޖާހިދާއެކު އިކޮނޮމިކް މިނިސްޓްރީގެ ނައިބުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައެވެ.