ވިޔަފާރި

ބަތަލާ އައިލެންޑް، "ސޭންޑީޒް ބަތަލާ" ގެ ނަމަށް ރީބްރޭންޑްކޮށް ހުޅުވައިފި


ތްރީއޭ އިން ކުރިން ހިންގި ބަތަލާ އައިލެންޑް، "ސޭންޑީޒް ބަތަލާ" ގެ ނަމުގައި ބްރޭންޑްކޮށް އަލުން ހުޅުވައިފި އެވެ.

ބަލަތާ އައިލެންޑް "ސޭންޑީޒް ބަތަލާ" އަށް ބްރޭންޑް ކޮށްފައި މި ވަނީ ތްރީއޭ ކުންފުނިން މިދިޔަ އަހަރު މި ރިސޯޓު ސުވިޒަލެންޑުގެ ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕަށް ކުއްޔަށް ދިނުމާ ގުޅިގެންނެވެ. ތްރީއޭ އިން މި ރިސޯޓް ހިންގިއިރު ރިސޯޓަކީ ތިން ތަރީގެ ރިސޯޓެކެވެ. ނަމަވެސް މިހާރު ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕުން ރީބްރޭޑްކޮށް މި ރިސޯޓް ހުޅުވާފައިވާއިރު ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ.

ކުރިން އެއްވެސް ވަރަކަށް މޫދު ކޮޓަރިނެތް މި ރިސޯޓް ރީބްރޭންޑްކުރުމަށްފަހު ރިސޯޓަށް ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ މޫދުކޮޓަރިތައް އިތުރުކުރުމެވެ. މިހާރު މި ރިސޯޓުގައި މޫދު ކޮޓަރި އާއި ބީޗު ކޮޓަރިތައް ހިމެނޭ ގޮތަށް ޖުމްލަ 73 ކޮޓަރި ހުރެ އެވެ.

ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕުން ރާއްޖޭގައި އިތުރު ދެ ރިސޯޓު ވެސް ހިންގަ އެވެ. އެއީ އދ. އަތޮޅުގައި ހިންގާ ޑައިމަންޑްސް ތުނޑުފުއްޓާއި ޑައިމަންޑްސް އަތުރުގާ އެވެ.