ތިމާވެށި

"ނަޗްބަލިޔޭގެ 9" އަންނަ ހުކުރު ދުވަހުގެރޭ

ސްޓަރ ޕްލަސް އިން ގެނެސްދޭ ކާމިޔާބު ސެލެބްރިޓި ކަޕްލް ޑާންސް ޝޯ "ނަޗްބަލިޔޭގެ 9 " މި ހަފްތާގެ ހުކުރު ދުވަހުގެރޭ ދަށްކަން ފަށާނެއެވެ.

ގިނަ ބައެއްގެ މެދުގައި މަގްބޫލު މި ޝޯގެ މިފަހަރުގެ ސީޒަނުންގައިވެސް ޓީވީ ސީރީޒްތަކުން މަޝްހޫރުވެގެން ދިޔަ ގިނަ ފަންނާނުން ފެނިގެންދާނެއެވެ.

މި ފަހަރުގެ ޝޯގައި ފެނިގެންދާ ހުރިހާ ފަންނާނުން އަދި ނޭގުނުނަމަވެސް ތެރޭގައި ކަސޯޓީގައި ކޮމަލިކާގެ ރޯލުން ފެނިގެންދިޔަ އުރުވަޝީ ދޯލާކިއާ، ކުންޑަލީ ބާގިޔާގެ ތަރި ޝްރަދާ އާރްޔާ އަދި ނާގިންގެ ތަރި އަނީތާ ހަސަންދާނީ ފެންނާނެކަން މި ހާރު ވަނީ ޔަޤީންވެފައެވެ.

މި ފަހަރުގެ ޝޯ ހާއްސަކޮށްފައިވަނީ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖޯޑުތަކަށް ހާއްސަކޮށްގެންނެވެ

މި ފަހަރުގެ ޝޯގެ ޖަޖުންގެ ގޮތުގައި ފެނިގެންދާނެ ދެ ނަމެއް މީހާރު ވަނީ ސްޓަރޕްލަސް އިން އާއްމުކޮށްފައެވެ. އެ ފަންނާނުންނަކީ ކުރީގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަން، މަޝްހޫރު ކޮރިއޮގްރަފަރ އަޙްމަދު ޚާން ފެނިގެންދާނެއެވެ. ޖަޖުންގެ ޕެނަލްގައި ދެް ހިމެނޭނީ ކާކުކަން އަދި ނޭނގުނު ނަމަވެސް ސަލްމާން ޚާން ފެނިގެންދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މި ޝޯ ޕްރޮޑިއުސްކުރަނީވެސް ސަލްމާން ޚާންއެވެ.

މި ފަހަރުގެ ޝޯ ހޯސްޓްކުރާނީ ކާމިޔާބު ގިނަ ޝޯތަކެއް ހޯސްޓް ކޮށްފައިވާ މަޝްހޫރު އެންކަރ މަނީޝް ޕޯލް އެވެ