ދުނިޔެ

ކަނޑުމަގުން އިންޑޮނީޝިއާށް ހިޖްރަ ކުރި މީހުން ދަތި ހާލުގައި


ކަނޑުމަގުން އިންޑޮނީޝިއާށް ހިޖްރަ ކޮށްްފައިވާ ބަންގްލަދޭޝްގެ ރައްޔިތުންނާއި ރޮހިންޔާ މުސްލިމުން ދިރިއުޅެމުންދާ ވަގުތީ ހިޔާތަކުގައި އެމީހުންނަށް ބޭނުންވާ އެންމެ އަސާސީ ބައެއް ޚިދްމަތްތައް އަދިވެސް  ފުރިހަމަ ނުވާކަމަށް އިންޑޮނީޝިއާގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވެއްޖެއެވެ.އޮފިޝަލުން ވިދާޅުވެފައިވަނީ ކާނާއާއި ބޯފެން ފަދަ ޚިދްމަތްތައް ފޯރުކޮށް ދެވިފައިވީ ނަމަވެސް ފާޚާނާފަދަ މުހިއްމު ޚިދްމަތްތައްްް އަދިވެސް ރަނގަޅަށް ފުރިހަމަ ކުރެވިފައި ނުވާ ކަމަށެވެ.ހިޖްރަ ކޮށްފައިވާ ފަރާތްތަކަށް އެހީވުމަށް އިންޑޮނީޝިޔާގެ ރައްޔިތުންވެސްދަނީ ކަމާބެހޭ ފަރާތްތަކާއެކު ޙަރަކާތްތެރިވަމުންނެވެ.މި މަހުގެ ދިހަ ވަނަ ދުވަހުވެސް ބަންގްލަދޭޝާއި މިޔަންމާއިން ހަ ސަތޭކައަށްވުރެ ގިނަ މީހުންވަނީ ކަނޑު ހުރަސްކޮށް އިންޑޮނީޝިޔާއަށް ހިޖުރަކޮށްފައެވެ. އަދި މިހާތަނަށް މިގޮތަށް އިންޑޮނީޝިޔާއަށް ހިޖްރަ ކޮށްފައިވާ މީހުންގެ ޢަދަދު ހަތްސަތޭކައަށްވުރެ މައްޗަށް އަރައެވެ.ބަންގްލަދޭޝާއި މިޔަންމާއިން ފިލައިގެން ދަތުރުކުރާ ގިނަ އަދަދެއްގެ ބަޔަކު ފުރަތަމަ ހިޖުރަކުރަނީ ތައިލެންޑަށެވެ. ނަމަވެސް، ތައިލެންޑުގެ ސަރުކާރުން މިހާރުވަނީ، އިންސާނީ ވަގުފާރީގައި ހަރަކާތްތެރިވާ ޖަމާއަތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މީގެ އިތުރުން މެލޭޝިޔާގެ ސަރުކާރުންވަނީ މި މައްސަލައާއިމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައެވެ.ގިނަ އަދަދެއްގެ ބަޔަކު ބިކަ ހާލުގައި ކަނޑުމަތިވެފައިވާއިރު، ދާދި ފަހުން ބޭއްވި އާސިޔާންގެ ޤައުމުތަކުގެ ބައްދަލުވުމުގައި ޤައުމުތަކުގެ ލީޑަރުންވަނީ މިފަދަ މައްސަލަތައް ޙައްލުކުރުމާއިމެދު ހަރުއަޑުން ވާހަކަދައްކާ، މަޝްވަރާތައް ބާއްވާފައެވެ.