ޚަބަރު

ރޭ މާފުށީ ޖަލުން ފިލި ޤައިދީ ހޯދައިފި


ރޭ ދަންވަރު މާފުށި ޖަލުން ފިލި ޤައިދީއަކު ކަނޑުމަތިން ހޯދައިފިއެވެ.

ރޭ ދަންވަރު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން ފިލި މި މީހާ ފެނިފައިވަނީ ކެނޯއެއްކަހަލަ އެއްޗެއްގައި މާފުށިން ފުރައިގެން ދަނިކޮށް ކަމަށް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދެއެވެ. އޭނާ ފެނިފައިވަނީ މާފުށްޓާއި މާ ދުރުނޫން ހިސާބަކުން ކަމަށާ، އޭނާ ހޯދައި މިއަދު ހެނދުނު 6:55ހާއިރު މާފުށީ ޖަލަށް އަނބުރާ ގެންގޮސްފައިވާކަމަށް ކަރެއްކޝަނަލް ސަރވިސް އިން ބުނެއެވެ.

ޖަލުން ފިލި ޤައިދީ ހޯދުމުގައި ފުލުހުންނާއި އާންމުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ކަރެކްޝަނަލް ސަރވިސް އިން ފާހަގަކުރެއެވެ.