ޚަބަރު

ވައިގޮޅިން ވެއްޓުނު އަންހެން މީހާ މަރުވެއްޖެ


މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ވައިގޮޅިއަކުން ވެއްޓުނު އުމުރުން 70 އަހަރުގެ އަންހެން މީހާ މަރުވެއްޖެއެވެ.
އައިޗީއެމްއެޗް އިން ބުނީ އެ އަންހެން މީހާ މަރުވެފައިވަނީ އަވަސް ފަރުވާ ދެމުން ދަނިކޮށް މިއަދު 1:30 ހާއިރުކަމަށެވެ.

ވައިގޮޅިއަކުން ވެއްޓުނު އުމުރުން 70 އަހަރުގެ އަންހެންމީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މިގޮތުން އަންހެންމީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިދިފައިވާކަމަށް ފުލުހުން ބުނެއެވެ.

އަންހެން މީހާ ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމުން، ވައިގޮޅިން ނަގައިގެން އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:30 ހާއިރުކަމަށް ފުލުހުން ބުނެއެވެ.

އެ އަންހެން މީހާ ވެއްޓުނު ގޮތް ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.