ޚަބަރު

ސިވިލްސާވިސް ހިދުމަތުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަންޖެހޭ


ދިވެހި ރާއްޖެއަކީ ހަލުވި މިނެއްގައި ތަރައްގީވަމުން އަންނަ ގައުމަކަށް ހެދުމުގައި ސަރުކާރުގެ ސިޔާސަތުތަށް  ތަންފީޒުކުރުމަށް ސިވިލްސާވިސް ސިސްޓަމްގެ ތެރެއިން ޒަމާނީ ޓެކްނޮލޮޖީގެ މުހިންމު ބޭނުން ހިފުމަކީ ސަރުކާރުގެ އަމާޒެކަމަށް އެޓާނީ ޖެނަރަލް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.ބަންޑާރަ ނައިބު މިހެން ވިދާޅުވީ، 2016އިން ދެހާސް ވިއްސަށް، ސިވިލް ސާވިސް އޮންނަންވާ ގޮތުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، މިސްރާބް ކަނޑައެޅުމަށް މިއަދު ފެށި މަސައްކަތު ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.ބަންޑާރަނައިބް، އަނިލް ވިދާޅުވީ، ތަރަށްގީވެފައިވާ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ރާއްޖޭގެ ސިވިލްސާވިސްއިން ދޭ ޚިދުމަތްތަކަށް ބަދަލުގެނައުމަށް ކަންކަން ރޭވުމަކީ މުހިންމުކަމެއްކަމަށެވެ. އެގޮތުން ރާއްޖެއަށް އަންނަ އިގްތިސޯދީ، އަދި އިޖްތިމާއި ބަދަލްތަކާއި ފައި ހަމަވާނެ ގޮތަކަށް ސިވިލް ސާވިސްގެ މަސައްކަތްތައް ރޭވޭނެ އިންތިޒާމުތަކެއް ހަޖެއްސުމަށް މިފަދަ ސްޓްރެޓީޖިކް ޕްލޭނެއް ހަދާއިރު ވިސްނަންޖެހޭކަމެއް ކަމަށްވެސް ބަންޑާރަނައިބް ވިދާޅުވިއެވެ.މީގެ އިތުރުން، ސިވިލް ސަރވިސް ގާނޫނުގައިވާ ގޮތަށް އެ ސަރވިސްއަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތަށް ތަންފީޒުކުރުމަށް އޮންނަ އެންމެ މުހިންމު ވަސީލަތްކަމަށާއި، އެކަންކަން ކުރިޔަސްގެންދެވޭނީ ސިވިލް ސަރވިސްގެ އޮނިގަނޑުތަކުގެ ތެރެއަށް ދުރުރާސްތާ ޕްލޭންތަކައެއް ވަދެގެންކަމަށްވެސް ބަންޑާރަ ނައިބް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ސިވިލްސާވިސް ސެކްޓަރ އަކީ ވަރަށް ހަނގު ސެކްޓަރ އެއްކަން ފާހަގަކުރައްވަމުން، ސިވިލްސާވިސް ގެ ގާނޫނުތަކަށް ބައެއްކަހަލަ ބަދަލްތަށް ގެންނަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކާއި، މުވައްޒަފުންގެ ހައްގުތަށް ރައްކާތެރި ކުރުމުގެ އިތުރުން، ސިވިލް ސާވިސް ގެ އެކިއެކި ކަންކަމަށް ގެނަނަންޖެހޭ ބަދަލްތަކާއި މެދު މި ވޯކްޝޮޕްގައި އަލިއަޅުވާލެވި މަޝްވަރާކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ބަންޑާރަ ނައިބު އަނިލް ވިދާޅުވިއެވެ.ސީނިއަރ މެނޭޖްމަންޓް ލެވަލްގެ ސިވިލްސާވަންޓުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުން މީހުން ބައިވެރިވެގެން މިއަދާއި މާދަމާ ބާއްވާ މި ވޯކްޝޮޕްގައި މައުލޫމާތި ހިއްސާކޮށް ތަމްރީނުދެއްވާނީ ޔޫ.އެން.ޑީ.ޕީގެ ކޮންސަލްޓަންޓެއްކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.ސިވިލް ސާވިސް ކޮމިޝަންގެ ނައިބްރައީސް އަހްމަދު ހަސްން ދީދީ ވިދާޅުވީ، ކުރިން އަމްލު ކުރަމުން އައި ޕްލޭން މިއަހަރުގެ ނިޔަލަށް ނިމޭއިރު، މީއީ މިއަހަރު ނިމުމުގެ ކުރީން އާ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމައްޓަކައި ބޭއްވޭ ދެވަނަ ވޯކްޝޮޕްކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތަތަކަށް މިވޯކްޝޮޕްގައި މަޝްވަރާކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.2016  އިން 2020 އަށް ކަނޑައަޅާ ސިވިލް ސާވިސްގެ ސްޓްރެޓީޖިކް ޕްލޭންގައި ފާހަގަކުރެވޭ މުހިންމު ދާއިރާތަކާއި ކަންކަމަށް އަމަލީ ސިފައެއް ގެނައުމަށް ކުރާނެ ކަންކަން ފަސް އަހަރަށް ބަހާލައިގެން ގެންދާނެ ގޮތްތައް ނިންމާނީ އަންނައަހަރު ބާއްވާ ސިވލް ސާވިސް ކޮންފަރެންސްގައި ކަމަށް ސިވިލްސާވިސް ކޮމިޝަނުން މައުލޫމާތުދެއެވެ.