ޚަބަރު

އާއިލީ މައްސަލަތައް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި


ކުޑަކުދިންނާއި އާއިލީ މައްސަލަތަކުގެ ގޮތުގައި ހުށަހެޅިފައިހުރި މައްސަލަތަކުގެ ތަޙުޤީޤު ނިންމުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.ފުލުހުން ބުނީ، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓާއި އެހެނިހެން ޑިޕާރޓްމަންޓަށް ހުށަހެޅިފައިވާ ޖިނާޢީ ކުށްތަކުގައި ކުޑަކުދިން ހިމެނޭ ތަފާތު މައްސަލަތަކާ، ކުޑަކުދިންނަށް އިހުމާލުވުމާ، ކުޑަކުދިންނާ ގުޅޭ އެހެނިހެން މައްސަލަތަކުގެ އިތުރަށް ޢާއިލީ މައްސަލަތަކުގެ ތަޙުޤީޤު މަސައްކަތް ހަލުވިކަމާއެކު ނިންމާލުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން 433 މައްސަލައެއް ތަހުޤީޤް ކުރުމަށް ހަމަޖެހިފައިވާ ފުލުހުން މައުލޫމާތު ދެއެވެ.ފުލުހުން ބުނީ، މައްސަލަތަށް ތަޙުޤީޤްކޮށް ނިންމުމުގެ ޚާއްސަ މަސައްކަތްތަކެއް ފެށީ ޝަރުޢީ މަރުޙަލާ އަވަސްކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ކުރެވެން ހުރި މަސައްކަތްތްކުގައި ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދިނުމުގެ ގޮތުން ކަމަށެވެ.އަދި މިމައްސަލަތަކުގެ ތަޙުޤީޤް ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެކަމަށް ޚާއްސަ އިންވެސްޓިގޭޝަން އޮފިސަރުންތަކެއް ކަނޑައަޅާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.