ޚަބަރު

ސިޓީ ސްކުއަރ ބޮޑު އީދަށް ނިމޭނެ - އައްޑޫ ސިޓީ ކައުންސިލް


އައްޑޫ ސިޓީ ސްކުއޭރގެ މަސައްކަތް މި އަންނަ ބޮޑު އީދުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ސްކުއަރގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައްޑޫ މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ، ސިޓީ ސްކުއާރ މަސައްކަތް ފުރަތަމަ ނިންމަން މަސައްކަތް ކުރީ މިނިވަން ދުވަހަށް ކަމަށެވެ. ނަމަވެސް މަސައްކަތަށް ބޭނުންވާ ބައެއް ސާމުނު ލިބުން ލަސްވުމުން އެންމެ އެދެވޭ ސްޕީޑްގައި މަސައްކަތް ކުރިޔަށް ގޮސްފައިނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.

ސިޓީ ސްކުއަރގެ މަސައްކަތް އަންނަ ބޮޑު އީދަށް ނިންމާ ޖުމުހޫރީ ދުވަހު ސިޓީ ސްކުއާރގައި ދިވެހި ދިދަ ނަގާނެކަމަށް މޭޔަރ ވިދާޅުވިއެވެ. ސިޓީ ސްކުއަރ ތަރައްޤީ ކުރުމުގެ މަޝްރޫއަކީ ސަރުކާރުން އައްޑޫ ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތެއް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ސްކުއަރ ނިމިގެންދާއިރު އެތަނަކީ ހުރިހާ އުމުފުރައަކަށް ވެސް ބޭނުން ހިފޭ ތަނަކަށް ވެގެންދާނެއެވެ. އައްޑޫ ސިޓީ ކައުންސިލުން މިމަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައިއެވެ.