ޚަބަރު

ކުޑަ ކުއްޖަކު ވިއްކާލި މައްސަލައެއް ތަހުގީގު ކުރަނީ


ކުޑަ ކުއްޖަކު ވިއްކާލިކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިމައްސަލަ ތަހުގީގުކުރަމުންދާތީ ފުލުހުން އިތުރު މައުލޫމަތެއް ނުދެއްވައެވެ. މިމައްސަލައާއި ގުޅިގެން މީޑިއާގައި ދައުރުވަމުންދާ ގޮތުގައި ވިއްކަލާފައިވަނީ ދެކުނުގެ އަތޮޅުތެރޭގެ ކުއްޖެކެވެ. އަދި އެކުއްޖާ ގަނެފައިވަނީ ދަރިން ނުލިބޭ ދެމަފިރިން ކަމަށާއި ކުއްޖާ ގަނެފައިވަނީ 30،000 ރުފިޔާއަށްކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން އެރަށަށް ގޮސް ކުއްޖާ ނަގާފައިވާކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ކަމުގެ ހަގީގަތް ހޯދުމަށް ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހީމް މުހައްމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.