މުނިފޫހިފިލުވުން

ފުރަތަމަ ފެނިލުންވެސް ކަޕިލްއާއި ވަރަށް ވައްތަރު



ރަންވީރު ސިންގެ މިހާރު ކުޅެމުން އަންނަ ފިލްމް "83" ގައި އޭނާ ކުރީގެ އިންޑިއާގެ ކެޕްޓަން ކަޕިލްގެ ގޮތުގައި ފެންނާނެ ގޮތް ދައްކާލައިފިއެވެ. ފިލްމުގެ ރަންވީރު ފެނިގެންދާ ގޮތުގެ ފޮޓޯއެއް އާއްމުންނަށް ރަންވީރު ދޫކޮށްލައިފައިމިވަނީ އެނާގެ 34 ވަނަ އުފަން ދުވަހާއި ގުޅުވާގެންނެވެ.

މި ފިލްމްގައި ރަންވީރާއި އެކު އޭނާގެ އަންހެނުން ދިޕިކާވެސް ބައިވެރިވާކަންވެސް ރަންވީރުވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ޓްވިޓަރ މެދުވެރިކޮށް ވަނީ އިއުލާންކޮށްފައެވެ.

1983 ވަނައަހަރު އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލުން ރަންވީރު ފެންނަ މިފިލްގެ ފޮޓޯ އޭނާ އާއްމުކުރުމުން ގިނަ ބަޔަކު އަންނަނީ އެ ފޮޓޯ އަށް ތައުރީފުކުރަމުންނެވެ.

ކަޕިލް ދޭވްއާއި ވައްތަރު ގޮތަކަށް ރަންވީރު ފެންނަ މި ފޮޓޮގައި އިންޑިއާ ކްރިކެޓް ޓިމްގެ ޖޯޒީގައި އޭނާ ހުންނައިރު ވަކި އަމާޒަކަށް ވާސިލުވުމަށް ސެޓްވެގެން ހުންނަ ކަން އޭނާގެ ލޮލުން ހާމަކޮށްދޭކަމަށް ފޮޓޯއަށް ތައުރީފުކުރި މީހުން ބުނެއެވެ.

"83" މި ފިލްމަކީ 1983ގެ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާއިން ހޯދި ކާމީޔާބީއަށް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ފިލްމްގެ ޝޫޓީންތައް މިހާރު ކުރިޔަށްދަނީ އިނގިރޭސިވިލާތުގައެވެ. ޓީމު ޔޫކޭއަށް ފުރައިގެން ގޮސްފައިވަނީ އިންޑިއާގައި ތަމުރީނުތައް ހެދުމަށްފަހުއެވެ.

މި ފިލްމްގެ ޑައިރެކްޓްކުރަނީ 2017ގައި ނުކުތް ސަލްމާން ހާނުގެ ޓިއުބްލައިޓްގެ ޑަިއރެކްޓަރ ކަބީރު ހާންއެވެ. އަނިލް އަމްބާނީގެ ރިލަޔަންސް އެންޓަރޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމް ހިންދީ ބަހުންނާއި ޓެމިލް ބަހުންގެ އިތުރުން ތެލަގޫ ބަހުން އެއްފަހަރާ ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމް ސްކްރީންތަކަށް އަންނާނީ 2020 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 10 ވަނަދުވަހުއެވެ.