ކުޅިވަރު

ޗެމްޕިއަން ޗިލީ ބަލިކޮށް ޕެރޫ ފައިނަލަށް


ޗެމްޕިއަން ޗިލީ ބަލިކޮށް 44 އަހަރަށްފަހު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޕެރޫ ޖާގަ ހޯދައިފި އެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ޗިލީއާއި ޕެރޫ ވާދަކުރި މެޗުން މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ޗިލީ ބަލިވީ ތިނެއް ސުމަކުން ނެވެ. މެޗުގައި ޕެރޫގެ ލަނޑުތައް ޖަހައިދިނީ އެޑިސަން ފްލޮރޭސް، ވިކްޓަރ ޔޮޓޫން އަދި ޕައުލޯ ގަރޭރޯ އެވެ.

މިއީ ޕެރޫ 1975 ވަނަ އަހަރުގެ ފަހުން ކޮޕަ އެމެރިކާގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރު އެވެ. އެޓީމް އެންމެ ފަހުން ތަށި ކާމިޔާބުކުރީވެސް 1975 ވަނަ އަހަރުގައެވެ.

ފައިނަލްގައި ޗިލީ ނިކުންނާނީ އާޖެންޓިނާ ބަލިކޮށް ފައިނަލުން ޖާގަ ހޯދި ބްރެޒިލްއާއި ދެކޮޅަށެވެ. ބްރެޒިލުންވަނީ އެންމެ ފަހުން އެޓީމް ފައިނަލްގައި ކުޅުނު ހަތަރުފަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މިއަހަރުގެ ކޮޕަ އެމެރިކާގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލްއާއި ޕެރޫ ވާދަކުރި މެޗު ބްރެޒިލް ކާމިޔާބުކުރީ ފަހެއް ސުމެއްގެ ބޮޑު ތަފާތަކުން ނެވެ. މިހާތަނަށް އަށް ފަހަރު ކޮޕަ އެމެރިކާ ކާމިޔާބުކޮށްފައިވާ ބްރެޒިލްއާއި ދެ ފަހަރު ތަށި އުފުލާލާފައިވާ ޕެރޫ ވާދަކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.