ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްދިނުމުގެ އުޞޫލަށް ބަދަލުތަކެއް


މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އާއްމުންނަށް ޚިދުމަތްދެމުންދާ އުޞޫލުތަކަށް ބަދަލު ގެނެސްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، އެ އޮތޯރިޓީގެ ޚިދުމަތްތަކަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަންތައް ހުށަހެޅުމާއި، ނިމިފައިވާ ޚިދުމަތް ނުވަތަ ޑެލިވަރީ ދޫކުރުމަށް ނަންބަރު މިހާތަނަށް ދޫކުރަމުން ގެންގޮސްފައިވަނީ ވަކި ޢަދަދެއް ކަނޑައަޅައި އެ އަދަދަކަށްކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ޚިދުމަތަށް އެދޭ ފަރާތްތަކަށް ދަތިވެ، އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާތީ، ޚިދުމަތަށް އެދޭ ޓޯކަން ވަކި އަދަދަކަށް ދޫކުރުމުގެ ބަދަލުގައި، އެކަމަށް ވަކި ގަނޑިއެއް މިހާރު ކަނޑައަޅާފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެގޮތުން މިއަދުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން 11 އަށް އެޕްލިކޭޝަން ހުށަހެޅުމާއި ޑެލިވަރީ ދޫކުރުމުގެ ޙިދުމަތަށް އެދި ހުށަހެޅޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.