ކުޅިވަރު

ކަސިޔަސް އަންނަ ސީޒަނުގައި ކުޅޭނެ


ޕޯޓީގެ ގޯލްކީޕަރު އިކާ ކަސިޔާސް އަންނަ ސީޒަނުގައި ކުޅެން ނިންމައިފި އެވެ.

މިއީ ޕްރެކްޓިހުގައި ހުއްޓައި ހިތްހުއްޓިގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށް ހީވެފައި އޮއްވާ އޭނާ ކުޅޭނެކަން އިއުލާނުކުރި ފުރަތަމަ ފަހަރެވެ.

ސްޕޭނުގެ ކުރީގެ ކެޕްޓަން އުމުރުން މިހާރު 38 އަހަރުގެ ކަސިޔާސް ބުނީ އޭނާ ހުރީ ކުޅެވޭ ހާލަތުގައި ކަމަށާއި އަންނަ ސީޒަނުގައި ޓީމުން ފުރުސަތުދޭން ޕޯޓޯއިން ނިންމުމުން އުފާ ކުރާ ކަމަށެވެ.

ޕޯޓޯއިން ކުރިން ނިންމައިގެން ތިބީ ކަސިޔާސް އަންނަ ސީޒަނުގައި ކުޅުމުގެ ބަދަލުގައި އެ ޓީޟުގެ އޮފިޝަލެއްގެ ރޯލުން ފެންނާނެ ކަމަށެވެ.

ކަސިޔާސް އަކީ ސްޕޭނަށް ވޯލްޑް ކަޕާއި ދެ ޔޫރޯ ކާމިޔާބުކޮށްދީފައިވާ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރެވެ. އޭނާ ވަނީ ރެއާލް މެޑްރިޑުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.