ޚަބަރު

މެޖިސްޓްރޭޓް މުޙައްމަދު ރާޣިބް ސަސްޕެންޑްކޮށްފި


މާލެއަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީން މިހާރު ބަލަމުންދާ މައްސަލަތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ، މާލެއަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައި ވަކި ގޮތެއް ނިންމަންދެން އޭނާ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމާފައިވާކަމަށެވެ.

މި މައްސަލަ ބެލުމައްޓަކައި ހެކިންގެ ހެކިބަސް ނަގާ އޭނާވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަން ޒަހީން ފާހަގަކުރެއްވިއެވެ. މިމައްސަލައިގެ ތެރެއިން ޖިނާއީ މައްސަލަ ހުރިކަން ފާހަގަކުރެވިފައިވާތީ މި މައްސަލަތަށް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ނިންމާފައިވާކަން ޒަހީން ފާހަގަކުރެއްވިއެވެ.