ޚަބަރު

ކުޅުދުއްފުށީގައި ބާއްވާ ޕެންޓަގްރަމް ހިރަފުސް ކަޕް ފަށައިފި


ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު އަދި ފޯރިގަދަ ފުޓްބޯޅަ މުބާރާތް، ޕެންޓަގްރަމް ހިރަފުސް ކަޕް، އިއްޔެ ފަށައިފިއެވެ.

ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ މެދުގައި އިތުރުކޮށް ފުޓްބޯޅަ ކުޅުމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރި ކުރުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މި މުބާރާތުގައި މި އަހަރު ކުޅުދުއްފުށީން ފަސް ޓީމަކާއި ރަށުން ބޭރު ހަތަރު ޓީމެއް ވާދަކުރެއެވެ. މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ހިރަފުސް ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގްރޫޕް އެކެއްގައި ހިމެނެނީ ސްކައި، ބަޝީރު ސްޕޯޓްސް އެކަޑަމީ، ކޮރަލްސް އަދި ޒިގްޒެގްގެ އިތުރުން ކްލަބް ތިލަދުންމަައްޗެވެ. ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ ލައިކަން، ސާއްބަ، ސޮސައިޓީ ފޯރ ކުޅުދުއްފުށި ޔޫތް ޓީމް އަދި ހިރިމަރަދޫ ހިޔާ ޖަމިއްޔާއެވެ.

މުބާރާތް ހުޅުވައިދިން މެޗުގައި ބައްދަލުކުރީ ސޮސައިޓީ ފޯރ ޔޫތް ކުޅުދުއްފުއްޓާއި ބަޝީރު ސްޕޯޓްސް އެކަޑަމީއެވެ. މި މެޗު ދޭއް ސުމަކުން ކާމިޔާބުކުރީ ސޮސައިޓީ ފޯ ޔޫތް ކުޅުދުއްފުށި ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވެއެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަގުލަސް ކުލަބެވެ.