ޚަބަރު

ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާއިން ސެމީ ފައިނަލާއި ގާތަށް


އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ބޮޑު ތަފާތަކުން ވެސްޓް އިންޑީސް ބަލިކޮށް އިންޑިއާއިން މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ. އިއްޔެގެ މެޗްގައި ވެސްޓް އިންޑީސްގެ މައްޗަށް އިންޑިއާއިން ކުރި ހޯދީ 125 ލަނޑުންނެވެ.

އިއްޔެ ކުޅުނު މެޗްގައި ޓޮސް ދިމާވެގެން އިންޑިއާއިން ފުރަތަމަ ނިންމީ ކުޅުމަށެވެ. އިންޑިއާއިން ކުޅެން އަރައި 7 ކުޅުންތެރިން ނުބައިވެގެން 50 އޯވަރުގެ ތެރޭގައި ހެދުނީ 268 ލަނޑެވެ. މި މެޗްގައި އިންޑިއާގެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 72 ލަނޑު ހެދި ކެޕްޓަން ވިރާތް ކޯލީއާއި ނުބައިނުވެ 56 ލަނޑު ހެދި މަހިންދަ ސިންގް ދޯނީއެވެ. ވެސްޓް އިންޑީސްގެ ޓީމުން އެންމެ ރަނގަޅަށް އުކީ 30 ލަނޑަށް 3 ވިކެޓް ނެގި ރޫޗްއެވެ.

ޖަވާބުގައި ކުޅެން އަރާ ވެސްޓް އިންޑީސުން ކުޅެން އަރައި ބާކީ 15 އޯވަރު އޮއްވައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 143 ލަނޑެވެ. ވެސްޓް އިންޑީސްގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި ސުނިލް އަމްބްރޯސްއެވެ. އިންޑިއާގެ ޓީމުން އެންމެ ރަނގަޅަށް މި މެޗްގައިވެސް އުކައިފައިވަނީ އެންމެ ފަހުން އިންޑިޔާ ކުޅުނު މެޗްގައި ހެޓްރިކް ހެދި ބާރު އުކުންތެރިޔާ މުހައްމަދު ޝަމީއެވެ. ޝަމީވަނީ އިއްޔެގެ މެޗްގައި 16 ލަނޑަށް 4 ވިކެޓް ނަގައިފައެވެ.

ދިހަ ޤައުމަކުން ވާދަކުރާ މުބާރާތުގައި އިންޑިއާއިން މިހާތަނަށްވަނީ ހަ މެޗް ކުޅެފައެވެ. މިހާތަނަށް އެއްވެސް މެޗަކުން އެ ޓީމް ބަލިވެފައެއް ނުވެއެވެ. އެގޮތުން، އިންޑިއާއިން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުވަނީ ކާމިޔާބުކޮށްފައެވެ. އަދި ނިއު ޒީލެންޑާއި ދެކޮޅަށް ކުޅެން އޮތް މެޗް ވިއްސާރައިގެ ސަބަބުން ކެންސަލްކުރުމުން އެ ޓީމަށްވަނީ އެއް ޕޮއިންޓް ލިބިފައެވެ. އަދި ވެސްޓް އިންޑީސް ބަލި ކުރުމުން އިންޑިއާއަށްވަނީ މިހާތަނަށް ޖުމްލަ އެގާރަ ޕޮއިންޓް ލިބިފައެވެ. ޕޮއިންޓް ތާވަލުގައި އިންޑިއާ އޮތީ ދެވަނާގައެވެ. އެއްވަނާގައި އޮތީ ހަތް މެޗުން ބާރަ ޕޮއިންޓް ހޯދައިގެން އޮސްޓްރޭލިއާއެވެ.