ޚަބަރު

ކޮޕަ އެމެރިކާގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ބްރެޒިލަށް


ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ބްރެޒިލްވީ ކުއަޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެރަގުއޭއާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 3-4ން މޮޅުވެގެންނެވެ. މުބާރާތުގެ ކުއަޓަރ ފައިނަލަށް ބްރެޒިލް އައީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ބްރެޒިލްއާއި ޕެރަގުއޭ ވާދަކުރި މެޗްގެ ފުރިހަމަ ވަގުތު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ނަތީޖާ ނެރުމަށް ބްރެޒިލުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ އެ ޓީމުން ކާމިޔާބުކުރިއެވެ، ބްރެޒިލްގެ ޓީމުން ވިލިއަން، މާކީނޯ، ކުޓީނިއޯ އަދި ހެސުސް ޖެހި ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް ފިރްމީނޯ ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ.

ޕެރަގުއޭއަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. ޕެރަގުއޭއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ފުރަތަމަ ޕެނަލްޓީ ބްރެޒިލްގެ ކީޕަރު އެލިސަން ދިފާޢު ކުރިއެވެ.