ޚަބަރު

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލް އޭސީ ކޮށްދޭނެ ފަރާތެއް ހޯދަނީ


ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލް އޭސީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ.

މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙްމަދު މަޙުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯލީ، ބާސްކެޓް އަދި ނެޓްބޯޅަފަދަ މުބަރާތްތައް ބާއްވާ ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ހޯލް ހޫނު ގަދަވުމަކީ ކުޅުންތެރިންނާއި ކުޅި ބަލާ މީހުން ކުރާ އެންމެ ބޮޑު ޝަކުވާކަމަށެވެ. އެހެންކަމުން، ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލް އޭސީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ބޯޑަށް ފޮނުވާފައިވާކަމަށް މިނިސްޓަރ މަޙުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރިން، ޔޫތް މިނިސްޓަރ މަޙުލޫފް ވިދާޅުވީ ހޯލް އެއްކޮށް އޭސީ ކުރުމަކީ އެންމެ ރަނގަޅު ހައްލެއް ނޫންކަމަށާއި އުންމީދަކީ އިންޑޯ ކޮންމެ ކުޅިވަރަކަށްވެސް އެ ކުޅިވަރެއް ކުޅޭނެ ޚާއްސަ ކޯޓެއް ހޯދައި ދިނުންކަމަށެވެ. އަދި އެކަމުގެ ބައެއް މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގެ ވެންޓިލޭޝަން މައްސަލަ ހައްކުރަން ފައިސާ ހިމަނާފައެވެ.