ޚަބަރު

7000 ކޭޝިޔަރުންގެ ވަޒީފާ މުޅިރާއްޖެއަށް މިހާރުވަނީ ހުޅުވާލެވިފައި


ހަތްހާސް ކޭޝިޔަރުންގެ ވަޒީފާ މުޅިރާއްޖޭގައި މިހާރު ހުޅުވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.އިކޮނޮމިކްސް މިނިސްޓްރީން މީޑިއާއަށް މައުލޫމާތުދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން އިކޮނޮމިކްސް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ވަޒީފާގެ ބާޒާރުގައި ގިނަ ފުރުޞަތުތަކެއް މިހާރުވެސް އެބަހުރިކަމަށާ އެގޮތުން ބައެއް ދާއިރާތަކުން އެންމެ އާދައިގެ ވަޒީފާތަކަށްވެސް ހަހާސް އާއި ދިހަހާސްއާ ދެމެދުގެ އާމްދަނީއެއް ލިބޭފަދަ ވަޒީފާތައް އެބަހުރިކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިވެދިނުމުގެ ގޮތުން މިނިސްޓްރީން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިސަރުކާރު އައުމަށްފަހު މިހާތަނަށް  ވިހިހާހާ ގާތްކުރާ މިންވަރަކަށް ވަޒީފާ އުދެއްދިއްޖެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން ފޮރިން އިންވެސްޓްމެންޓްތަކަށް ހުއްދަދެވުމާއި ގުޅިގެން މިހާރުވެސް ދެހާސް ވަޒީފާގެ ފުރުޞަތު ހުޅުވިފައިވާކަމަށާ މީގެ ތެރޭން އެއްހާސް ވަޒީފާ ޚާއްޞަކުރެވިގެންދާނީވެސް ދިވެހިންނަށްކަމަށް ވިދާޅުވިއެވެ. އަދި، ވޯޓާރ ސްޕޯޓްސް، ފޮޓޯގްރަފީ އަދި ސުވެނިޔާ ވިޔަފާރިފަދަ ދާއިރާތަކަކީވެސް ދިވެހިން ވަޒީފާއަދާކުރުމަށް ޚާއްޞަކުރެވިފައިވާ ދާއިރާތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.