ވިޔަފާރި

ފަތުރުވެރިންންށް ހާއްސަ މަޖައްލާއެއް ނެރެނީ


ފަތުރުވެރިންނަށް އަމާޒްކޮށްގެން ' މޯލްޑިވިއަން ހޮލިޑޭސް' ގެ ނަމުގައި މަޖައްލާއެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.ކުއަރޓަލީކޮށް ނެރުމަށް ހަމަޖެހިފައިވާ މި މަޖައްސާގައި ރާއްޖޭ އާއި ދުނިޔޭގެ މައްޝޫރު މަންޒިލްތަކުގައި ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ހުންނާނެ ކަމަށާއި އެ މަޖައްލާގެ ފަނަރަހާސް ކޮޕީ ދުނިޔޭގެ ބޮޑު ތިން އިންޓަނޭޝަނަލް އެއާޕޯޓްގަ އާއި، މޯލްޑިވިއަން ފުލައިޓްތަކުގައި އާއި ބައިނަލް އަގުވާމީ މައުރަޒުތަކުގެ އިތުރުން ޕާޓުނަރ ހޮޓާތަކުގައި ބެހެއްޓޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.މި  މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ އައިލެންޑް އޭވިއޭޝަންގެ ޓްރެވަލް ޑިޕާޓްމެންޓް، 'މޯލްޑިވިއަން ހޮލިޑޭސް' ގެ ހެޑް މުހައްމަދު ރިޒްވީ ވިދާޅުވީ އެ މަޖައްލާގައި ފަތުރުވެރިންނަށް ވެސް އަދި ދިވެހިންނަށް ގެސްޓް ހައުސްތަކުގައި ޗުއްތީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.މި މަޖައްލާ ނެރޭނެ ވަކި ތާރީޚެއް އަދި ނިންމާފައި ނުވިނަމަވެސް ވަރަށް އަވަހަށް ބާއްވާ ރަސްމިއްޔާތެއްގައި މި މަޖައްލާ ނެރޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ.