މުނިފޫހިފިލުވުން

ސަލްމާން ހާނާ ދެކޮޅަށް ނޫސްވެރިޔަކު ކޯޓަށް


މަޝްހޫރު އެކްޓަރ ސަލްމާނު ހާނަށް އަނެއްކާވެސް ޖިނާޢީ ތުހުމަތުތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މި ފަަހަރު ސަލްމާނާއި ދެކޮޅަށް ދައުވާކުރަނީ ނޫސްވެރިޔެކެވެ.

ނޫސްވެރިޔާ އަޝޯކް ޕަންޑޭ ސަލްމާނާއި ދެކޮޅަށް މައްސަލައެއް ފައިލް ކުރީ އޭނާގެ ފޯނު ޖަހައިގަނެފައިވާ ކަމަށް ބުނެއެވެ. ކޯޓްގައި ނޫސްވެރިޔާ ވަނީ ސަލްމާނާއި ދެކޮޅަށް ގިނަ ކުށްތަކެއް މައްސަލަތައް އުފުލާފައެވެ. އޭގެ ތެރޭގައި ވައްކަމުގެ ކުށްވެސް ހިމެނެއެވެ.

ނޫސްވެރިޔާ އުފުލި ދައުވާގައި ބުނެފައިވަނީ މިދިޔަ އޭޕްރިލްމަހު މުމްބާއީގެ މަގެއްގެމަތީގައި ސައިކަލް ދުއްވަނިކޮށް ފެނުނުކަމަށެވެ. އަދި ސަލްމާނު ފެނުމުން އޭނާގެ ބޮޑީ ގާޑުގެ ހުއްދައާއި އެކު ފޮޓޯ ނަގަމުން ގެންދިޔަކަމަށެވެ.

ޢެހެންނަމަވެސް ސަލްމާނު ހިތް ހަމަނުޖެހިގެން އައިސް ފޯނު ޖަހާގަތީކަމަށްވެސް ނޫސްވެރިޔާ އަޝޯކް ބުންޏެވެ. ޢަދި ސަލްމާނު ފޯނު ޖަހައިގަތުމުގެ ކުރިން ދެ މީހުންގެ ދޭތެރޭ ޒުވާބެއްވެސް ހިނގިކަމަށް ނޫސްވެރިޔާ އަޝޯކް ބުންޏެވެ

އަޝޯކްގެ ޤާނުނީ ޓީމުން އެ މައްސަލަ ކޯޓަށް ހުށައެޅީ ފުލުހުންނަށް މައްސަލަ ހުށައެޅުމުން އަޅާ ނުލުމުންކަމަށެވެ. މި މައްސަލާގައި އަންނަ މަހު 12 ގައި ބާއްވާނެކަމަށް ބެލެވޭކަަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.