ކުޅިވަރު

ޗިލީ ބަލިކޮށް ގްރޫޕްގެ އެއްވަނަ އުރުގުއޭ ހޯދައިފި


ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި އުރުގުއޭ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

އުރުގުއޭއިން ގްރޫޕް ސީގެ އެއްވަނަ ހޯދީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އާއި ވާދަކުރި މެޗު އެކެއް ސުމަކުން ކާމިޔާބުކޮށްގެން ނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޗިލީން ވަނީ އުރުގުއޭ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

މެޗުގައި އުރުގުއޭއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިސަން ކަވާނީ އެވެ. މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 7 ޕޮއިންޓާއެކު އުރުގުއޭ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި އެވެ.

މި ގްރޫޕުން ދެން ދެވަނަ ބުރަށް ދަތުރުކުރީ 6 ޕޮއިންޓާއެކު ދެވަނައަށް ދިޔަ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އެވެ. ކުއާޓާ ފައިނަލުގައި އުރުގުއޭ ބައްދަލުކުރާނީ ޕެރޫ އާއެވެ. އަދި ޗިލީ ނުކުންނާނީ ކޮލަމްބިއާ އާއި ދެކޮޅަށެވެ.