މުނިފޫހިފިލުވުން

ޝާހުރުކްހާންގެ މިލްކިއްޔާތު އެނގޭތަ

ބޮލީވުޑްގެ ބާދު ޝާހު، ޝާހުރުކް ހާނަކީ އެނާގެ އަމިއްލަ ދިރިއުޅުމުގައިވެސް ފިލްމްތަކޭ އެއްގޮތަށް ރަސްރަސްކަލުން ފަދަ މުއްސަނދި ދިރިއުޅެމުން އަންނަ ތަރިއެކެވެ. ވަރަށް އާދައިގެ ގޮތަކަށް ފިލްމީ ކެރިއަރ ފެށި ޝާހު ވަނީ 1990 ގެ ތެެރޭގައި އެތައް ފިލްތަކެއް ކުޅެ ފަސޭހަކަމާއި އެކު ކާމީޔާބީގެ ހަރުފަތްތައް ގިރާކޮށް އިންޑަސްޓްރީގެ އެންމެ ކުރީގައި ހަމަޖެހިލާފައެވެ.

ޝާހުރުކްހާން ހިމެނެނީ މިވަގުތު ބޮލީވުޑްގައި އެންމެ އަގު ބޮޑު ތަރިންގެ ލިސްޓްގެ އެންމެ ކުރީގައެވެ. 1965 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު އުފަންވި ޝާހުރުކްހާން މިހާތަނަށް 80 ވުރެ ގިނަ ފިލްތައް ކުޅެފައިވާއިރު އެންމެ ގިނަ އެވޯޑްތައް ލިބުނު އެއް ތަރިއަކީވެސް ޝާހުއެވެ. އިންޑިއާ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ޕަދްމާ ސީރީވެސް ވަނީ ޝާހުއަށް ލިބިފައެވެ.
އިންޑިއާއިން އެކަންޏެއް ނޫނެވެ. ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފްރާންސުން ސަރުކާރުން ދޭ އެންމެ މަތީ ޝަރަފުވެސް ޝާހަށް އެ ޤައުމުން ވަނީ ދީފައެވެ.

ޝާހުރުކް ހާން އެނާގެ ކެރިއަރ ފަށާފައިވަނީ 1992 ވަނަ އަހަރު ނުކުތް ދީވާނާ މި ފިލްމުންނެވެ. އެއަށްފަހު ޝާހްރުކް ހާން ބޮލީވުޑްގައި ވިދާލީ 1993 ވަނަ އަހަރު ނުކުތް "ޑަރް" މި ފިލްމާއި ހަމަ އެ އަހަރު ނުކުތް "ބާޒީގަރުން" ނެވެ. އޭގެ ފަހުން 1995 ވަނަ އަހަރު ނުކުތް "ދިލްވާލޭ ދުލްހައިނިއާ ލޭ ޖާއޭގާ" 1997 ވަނަ އަަރު ނުކުތް "ދިލްތޯ ޕާގަލް ހޭ" 1998 ވަނަ އަހަރު ނުކުތް "ކުޗް ކުޗް ހޯތާހޭ" އަކީ ޝަހުގެ ކާމީޔބީގެ ލިސްޓްގައި ގުނާލެވޭ ފިލްމްތަކެވެ.

މި ކާމިޔާބީ އާއި އެކު ޝާހުރުކް ހާންގެ މުއްސަނދިކަންވެސް ވަނީ އެންމެ މަތީ ލިސްޓްގައެވެ. އެނާގެ މިލްކިއްޔާތުގެ އަގު 600 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ.

ޝާހުގެ މިލްކިއްޔާތަށް ބަލާލާއިރު މަންނަތު ކިޔާ އެނާގެ އަމިއްލަ ގޭގެ އަގަކީ 200 ކްރޯޑް ރުޕީސްއެވެ. މީގެ އިތުރުން ދުބާއީގައިވެސް ޝާހުގެ ގެއެއް ހުރެއެވެ. ޗުއްޓީ ހޭދަކޮށްލަން ޝާހު ޒިޔާރަތްކުރާ މި ގޭގެ އަގަކީ 17 ކްރޯޑް ރުޕީސް އެވެ. އަދި ޝާހުގެ ލަންޑަނުގައި ހުންނަ ޕާކް ލޭން ގޭގެ އަގަކީ 167 ކޮރޯޑް އިންޑިއަން ރުޕީސް އެވެ.

ޝާހުގެ މިލްކިއްޔާތުގައި ހުރި ކާރާއި ސައިކަލަށް ބަލާލާއިރު އެންމެ ފަހުގެ ލަޒްގަރީ އެތައް ކާރެއް އެބަ އޮތެވެ. މި ގޮތުން އައުޑީ އޭ 6 އާއި ބީއެމްޑަބްލިއު އައި އެއިޓް އާއި ބީއެމް ޑަބްލިޔު 7 ސީރީޒްގެ އަދި 6 ސީރޒްގެ ކޮންވާޓަބަލް ކާރެއްވެސް އޮވެއެވެ. މީގެއިތުރުންވެސް ހަ ކާރެއް އޭނާގެ އަތުގައި އޮވެއެވެ. އަދި ހާލީ ޑޭވިޑްސަން ސައިކަލަކާއި އެކު އިތުރު ސައިކަލްވެސް ޝާހުގެ މިލްކިއްޔާތުގައި އެބަހުއްޓެވެ.

މީގެއިތުރުން އިންޑިއާގެ އައިޕީއެލްގައި ކުޅޭ ކޮލްކައްތާ ނައިޓް ރައިޑާސްގެ 55 އިންސައްތަ ހިއްސާއަކީ ޝާހުގެ ހިއްސާއެވެ. އޭގެ އަގަކީ 575 ކްރޯޑް ރުޕީސްއެވެ. އަމިއްލަ ފިލްމް ކުންފުނި ރެޑް ޗިލީޒްވެސް އިން 500 ކްރޯޑް ރުޕީސް ލިބެއެވެ. ޝާހުރުކްހާންގެ އަތުގައ އޮންނަ ގަޑީގެ އަގަކީ 17 ކްރޯޑް ރުޕީސްއެވެ.

ޝާހުރުކް ހާނަކީ ވަރަށް ގިނަ ބްރޭންޑްތަކުގެ ބްރޭންޑް އެމްބެސަޑަރެއްވެސްމެއެވެ. މިކަމުންވެސް ޝާހުއަށް ލިބޭ ނަފާ ވަރަށް ބޮޑެވެ. ބްރޭންޑް އެމްބެސެޑަރަކަށްވުމަށް 10 ކްރޯޑް ރުޕީސް ޝާހު ނަގައެވެ. ޝާހު ބްރޭންޑް އެމްބެސެޑަރގެ ގޮތުގައި ކަނޑައަޅާފައިވާ ބްރޭންޑްތަކުގެ ތެރޭގައި ޕެޕްސީ، އެއަރޓެލް، ނެރޮލެކް ޕެއިންޓްސް، ސްޕްރައިޓް، ޓާޓާ ޓީ ފަދަ މަޝްހޫރު ބްރޭންޑްތައްވެސް ހިމެނެއެވެ. މީގެއިތުރުންވެސް އެތައް ބްރޭންޑެއްގެ އެމްބެސެޑަރ ކަން ޝާހު އަންނަނީ ކުރަމުންނެވެ.