ޚަބަރު

ރާއްޖެއިން ތެޔޮ ހޯދުމަށް އިތުރު ދިރާސާތަކެއް ކުރަނީ


ރާއްޖެއިން ތެޔޮ ހޯދުމަށްޓަކައި އިތުރު ދިރާސާތައް ކުރުމަށް އިތުރު ބަޔަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ވާހަކަ ދެކެވެމުންދާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.މިނިސްޓަރ ޝައިނީ ވިދާޅުވީ، މިއަހަރުގެ ތެރޭގައި އެ އެއްބަސްވުމުގައި ސޮއިކޮށް އެކަމުގެ ދިރާސާތައް ކުރިއަށްދާނެކަމަށެވެ. ނަމަވެސް ސޮއިކުރުމަށް ތައްޔާރުވަމުންދަނީ ކޮން ބަޔަކާ އެކުކަމެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.މިނިސްޓަރ ވިދާޅުވީ، ޖިއޮލޮޖިކަލް ސަރވޭ ކުރުމަށް މިދިޔަ އަހަރު ރާއްޖެއައި ޖަރުމަންވިލާތުގެ ޓީމުން ހެދި ދިރާސާތަކުގެ ރިޕޯޓް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފޮނުވައިދޭނެކަމަށް އެފަރާތުން ބުނެފައިވީނަމަވެސް އެރިޕޯޓް އަދި ލިބިފައި ނުވާކަމަށެވެ.ޖަރުމަންވިލާތުގެ ސާވޭ ޓީމުން ހެދި ސެސިމިކް ސާވޭގެ އިތުރުން އޭގެ ނަތީޖާއަށް ބަލައި ކަނޑު އަޑީގެ ބިންގަނޑުގެ ފަށަލަތައް ދެނެގަންނަން އިތުރު ސެސިމިކް ސާވޭއެއް ވެސް ހަދަން ޖެހިދާނެ ކަމަށް މިނިސްޓަރ ކުރިން ވިދާޅުވެފައިވެއެވެ. މިނިސްޓަރ ވިދާޅުވީ ސަރވޭގެ ރިޕޯޓް އަވަސްކޮށްދޭން އެދޭކަން އެފަރާތަށް މިހާރު އަންގާފައިވާކަމަށެވެ.