ކުޅިވަރު

ދެކުނު ކޮރެއާގެ ބެޑްމިންޓަން 4 ކުޅުންތެރިން ރާއްޖެ އަންނަނީ


ދެކުނު ކޮރެއާގެ ބެޑްމިންޓަންގައި އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީގެ 4 ކުޅުންތެރިން ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

އައިއޯއައިޖީއަށް ތައްޔާރުވާ ޤައުމީ ބެޑްމިންޓަން ޓީމް މިހާރު ފަރިތަކުރަމުންދަނީ ދެކުނު ކޮރެއާގެ ކޯޗެއްގެ އިރުޝާދާއިއެކުއެވެ. މި ކޯޗަކީ 2012ގެ އޮލިމްޕިކްސްގައި ދެކުނު ކޮރެއާއަށް އިރުޝާދުދިން ކޯޗެވެ. ދިވެހި ޓީމާއިއެކު ފަރިތަކުރުމަށް ކޮރެއާގެ ޔުނިވާސިޓީގެ 4 ކުޅުންތެރިއަކު ގެނައުމަށް މިހާރު ނިންމާފައިވާއިރު، އެ ކުޅުންތެރިން މާލެ އަންނަނީ އަންނަ ހޯމަ ދުވަހުއެވެ. ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ 2 އަންހެން ކުޅުންތެރިންނާއި 2 ފިރިހެން ކުޅުންތެރިންނެވެ.

މި 4 ކުޅުންތެރިން ރާއްޖެ އައިސް ގައުމީ ޓީމްގެ ކުޅުންތެރިންނާއި އެކު ތަމްރީން ކުރުމުގެ އިތުރުން ރަހުމަތްތެރިކަމުގެ މެޗްތަކެއްވެސް ކުޅުމަށްވަނީ ހަމަޖެހިފައިއެވެ. ޤައުމީ ޓީމް އައިއޯއައިޖީއަށް ފުރުމާއި ހަމައަށް މި 4 ކުޅުންތެރިންވެސް ދިވެހި ޓީމާއިއެކު ފަރިތަކުރާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދިނެވެ.