ކުޅިވަރު

ގައުމީ 13 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމްގެ ތަމްރީންތައް ފަށައިފި


ގައުމީ 13 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމްގެ ތަމްރީންތައް ފަށައިފިއެވެ.

އެފްއޭއެމުން ފަށާފައިވާ ޓުޗާޑްސް ފިއުޗާ ޕްރޮގްރާމްގެ ދަށުން ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އިސްމާއިލް އާސިފް (ކުޑަހީނާ) ހަމަޖައްސާފައިވަނީ 13 އަހަރުން ދަށުގެ ކުޅުންތެރިން ތަމްރީން ކުރުމަށާއި 16 އަހަރުން ދަށުގެ ފެންވަރު ރަނގަޅު ގައުމީ ޓީމެއް ދެ އަހަރު ދުވަހުގެ ތެރޭގައި ބިނާކުރުމުގެ ޕްރޮޖެކްޓް ހިންގުމަށެވެ. އިސްމާޢީލް އާސިފްގެ ބެލުމުގެ ދަށުން މިހާރު ފަށާފައިވަނީ ގައުމީ 13 އަހަރުން ދަށުގެ ޓީމްގެ ފަރިތަކުރުންތަށެވެ.

އެންމެ ފުރަތަމަ މިއުމުރުފުރާގައި ފަށާފައިވަނީ 13 އަހަރުން ދަށުގެ ޕޫލެއް ނަގައިގެންނެވެ. މިއަހަރު 13 އަހަރުން ދަށުގެ އުމުރުފުރާގެ އެއްވެސް ބައިނަލަގްވާމީ މުބާރާތެއް ކުޅުމަށް ހަމަޖެހިފައިނުވާއިރު، ފަރިތަކުރުންތަކުގެ ބޭނުމަކީ ކުރިއަށް ހުރި އަހަރުތަކަށް ކުދިން ބިނާކުރުމެވެ. ދިގު މުއްދަތެއްގެ ޕްލޭނެއްގެ ދަށުން ކުޅުންތެރިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ފައިދާ ކުރިއަށް ހުރި އަހަރުގައި އުމުރުފުރާގެ ޓީމްތަކައް ކުރާނެކަމަށް އެފްއޭއެމުން ބުނެފިއެވެ. އެފްއޭއެމްއިން އިސްމާޢީލް އާސިފަށް ހަވާލްކޮށްފައިވާ ޓާގެޓަކީ 2021 ވަނަ އަހަރު އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ރާއްޖެ ކޮލިފައިކޮށްދިނުމުގެ އިތުރުން އެ އަހަރު އޮންނަ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރަނގަޅު ޓީމެއް ބިނާކުރުމެވެ.