ޚަބަރު

ށ.ފޯކައިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ގްރީން ކްލައިމެޓް ފަންޑްގެ ހިލޭ އެހީގެ ދަށުން ށ.ފޯކައިދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ހަސަންއެވެ.

ށ.ފޯކައިދޫގައި ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ޔުނިސެފްގެ ގްރީން ކްލައިމްޓް ފަންޑުންވަނީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ. ފޯކައިދޫގައި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލް ވޯޓަރ އިންޑިއާ ލިމިޓެޑުންނެވެ.

މި މަޝްރޫޢުގެ ދަށުން ށ. ފޯކައިދޫގައި ބިމު އަޑިން ފެން ނަގައިގެން ސާފު ފެނަށް ބަދަލުކުރާ ނިޒާމް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް ޓޭންކް ބެހެއްޓުމާއި، ގެތަކަށް ފެން ހޮޅި އެޅުމާއި މީޓަރު ބެހެއްޓުމާއި، ފެން ތަޙްލީލް ކުރުމަށް ލެބޯޓްރީއެއް ހިމެނޭހެން އެޑްމިނިސްޓްރޭޝަން އިމާރާތެއް ހެދުމަށްވަނީ ހިމަނާފައެވެ.

ގްރީން ކްލައިމެޓް ފަންޑުގެ މި އެހީގެ ދަށުން ރ. މަޑުއްވަރީއާއި، ބ.ދަރަވަންދޫއާއި، ހދ.ނޮޅިވަރަންފަރުގައިވެސް ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މި 4 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ނިންމާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތައް ފެނަށްޖެހޭ މައްސަލަ ޙައްލުކުރުމަށް، އުތުރުގެ 25 ރަށެއްގައި ބޯފެން ރައްކާކުރާ ނިޒާމު ޤާއިމުކުރުމަށްވެސް ޖީސީއެފުންވަނީ އެހީ ދީފައެވެ. އަދި ފެނުގެ ޚިދުމަތްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، މިދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، މި ދާއިރާއިން މީހުން ބިނާ ކުރުމުގައި އެހީތެރިކަން ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.

2017ވަނަ އަހަރު ގްރީން ކްލައިމެޓް ފަންޑުން ދީފައިވާ މި އެހީއަކީ 23 މިލިއަނަށް ޑޮލަރުގެ އެހީއެކެވެ.