ޚަބަރު

އެމަރޖެންސީގައި ގެންނަ މިހުން ސްކޭން ހަދާނީ ޓްރީޓޮޕުން - އައިޖީއެމްއެޗް


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީޓީ ސްކޭން މެޝިން މަރާމާތުކުރުމުގެ މަސައްކަތް ކުރުމުންދާތީ އެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. އައިޖީއެމްއެޗްއިން ބުނެފައިވަނީ ޚިދުމަތް އަލުން ފެށޭނެ ވަކި ތާރީޚެއް އަދި ނޭގޭކަމަށެވެ.

މެޝިން މަރާމާތައް ޚިދުމަތް ކަނޑާލާފައިވާ ވީނަމަވެސް އިމަރޖެންސީކޮށް ގެންނަ ބަލި މީހުންގެ ސީޓީ ސްކޭން ހެދޭނި އިންތިޒާމް ޓްރީޓޮޕާއި، އާސަންދައާއި ގުޅިގެން ހަމަޖައްސާފައިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމް ހޮސްޕިޓަލުން ސީޓީ ސްކޭން ހެދުމުގެ ޚިދުމަތް ދުވާލެއްގެ މައްޗައް 30 ޕޭޝަންޓުންނަށް ދެމުންގެންދެއެވެ. އާސަންދަ މެދުވެރިކޮށް މި ޚިދުމަތް އައިޖީއެމް ހޮސްޕިޓަލްގައި ހިލޭ ދެމުން އަންނައިރު، ޚިދުމަތް ހޯދުމަށް ވެއިޓިންގައިވެސް ގިނަ އަދަދެއްގެ މީހުންހުން ތިބޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ޚިދުމަތް މާލޭ ސަރަަޙައްދުގައި ދެން ލިބެނީ އޭޑީކޭ ހޮސްޕިޓަލާއި، ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.