ޚަބަރު

އުތުރު ގޮފީގައި، މާދަމާއިން ފެށިގެން ތިން ފަނޑިޔާރަކު މަސައްކަތް ކުރާނެ - ހައިކޯޓު


ހައިކޯޓުގެ އުތުރު ގޮފީގައި، މާދަމާއިން ފެށިގެން އެ ކޯޓުގެ ޝަރުޢީ ވަފުދަކުން މަސައްކަތް ކުރާނެ ކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.

ހައިކޯޓުން މިރޭ ވިދާޅުވީ އެ ވަފުދުން، މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގައި މަސައްކަތް ކުރާނެ ކަމަށެވެ. ހައިކޯޓު އުތުރު ގޮތްޕަކީ ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ އެ ތަނުގައި މަސައްކަތް ކުރުމަށް ވަޑައިގަންނަވަނީ ހައިކޯޓުގެ ތިން ފަނޑިޔާރެކެވެ.

އެއީ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާނާއި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާ އަލްއުސްތާޛާ މަރްޔަމް ޚޫރުޝީދާވެސް ޝަރުޢީ ވަފުގައި މާދަމާއިން ފެށިގެން އުތުރުގޮފީގައި މަސައްކަތް ކުރާނެ ކަމަށް ހައިކޯޓުން ވިދާޅުވެއެވެ.

ހައިކޯޓު އުތުރު ގޮފީގައި ހައިކޯޓުގެ ފަނޑިޔާރުންތަކެއް މަސައްކަތް ކުރުމަށް ވަޑައިގަންނަވާއިރު ހައިކޯޓުގެ ދެކުނު ގޮފީގައިވެސް ޝަރުޢީ ވަފުދަކުން މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.