ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީއިން ވިކްޓްރީގެ މައްޗަށް ކުރި ހޯދައިފި


ދިރާގު ދިވެހި ޕްރެމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއިއެކު ޔުނައިޓެޑް ވިކްޓްރީން ކާމިޔާބުކޮށްފިއެވެ. ޔޫވީ އިން ވިކްޓްރީގެ މައްޗަށް ކުރިހޯދީ 4-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ ނުވަ ވަނަ މިނެޓުގައި ޔޫވީއަށް ލީޑް ނަގައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މިލޯސް ކޮވަސެވިޗްއެވެ.
މިލަނޑަށްފަހު ވިކްޓްރީއިން ވަނީ ކުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްފައިއެވެ. ދެވަނަ ހާފުގައި ޔޫވީގެ ދެވަނަ މިލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުހޯދި ދިމިޓްރީއެވެ. ޔޫވީގެ ތިންވަނަ ލަނޑު 68ވަނަ މިނެޓުގައި އިސްމާއިލް ޝަފީޢު ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑު ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ދިމިޓްރީއެވެ.
ރޭގެ މެޗު ޔޫވީ ކާމިޔާބުކުރި ނަމަވެސް އެޓީމުން މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާއިއެކު. އެއީ މެޗުގެ 87ވަނަ މިނެޓުގައ ވިކްޓްރީގެ ކެޕްޓަން އިބްރާހިމް ނޫރައްދީނަށް، ޔޫވީގެ އިސްމާއިލް ޝާފިޢު ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއާށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ.