ޚަބަރު

އެމްޑީޕީގެ ކޮމާންޑަރ މަރުވެއްޖެ


އެމްޑީޕީގެ އެއްވުންތަކުގައި ކޮމާންޑަރުގެ ގޮތުގައި މަޝްހޫރު އާދަމް މޫސާ މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މ އިރާކުމާގެ އާދަމް މޫސާ މަރުވެފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގެ ސީޖީ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ރޭ ފަތިހު 04:30 ގައެވެ. އާދަމް މޫސާ މަރުވެފައިމިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހުކަން އެނގިފައިވެއެވެ.

އެމްޑީޕީގެ އެއްވުންތަކުގައި ރީނދޫ ކުލައިގެ ޔުނީފޯމެއް ލައިގެން ހުއްޓާ ފެންނަ އާދަމް މޫސާ އަކީ އެމްޑީޕީގެ ކޮންމެ އެއްވުމުގައިވެސް ކުރީ ސަފުން އާއްމުކޮށް ފެންނަ މީހެކެވެ. އަދި ހެޑް ސެޓެއް އަބަދުވެސް އަޅައިގެން ހުންނަ އާދަމް މުސާއަކީ އޭރުގެ ސަރުުކާރާއި ދެކޮޅު ޝުއޫރުތައް ފާޅުކުރަމުންދިޔަ އަދި އެމްޑީޕީގެ ތެރޭގައި މަޤުބޫލު މީހެކެވެ.

އާދަމް މޫސާގެ މަރާއި އެކު އެމްޑީޕީގެ މެމްބަރުން ދަނީ އެކަމުގެ ހިތާމަ ސޯޝަލް މީޑިއާ މެދުވެރިކޮށް ފާޅުކުރަމުންނެވެ.