ކުޅިވަރު

ލަނޑާ ގިރާވަރުން ބ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް ޖުލައި 1ގަ


ބ.އަތޮޅު ފޯސީޒަން ލަނޑާގިރާވަރުން އިންތިޒާމުކޮށްގެން ބ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް ޖުލައި 1ވަނަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
މިމުބާރާތުގައި ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން 11 ރަށަކުން ވަނީ ބައިވެރިވެފައެވެ. މިމުބާރާތުގައި ބައިވެރި ނުވާ ދެރަށަކީ، ކަމަދޫ އާ ފުޅަދޫ.
މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވާއިރު، ޓީމްތައް ބަހާލާފައިވަނީ ތިން ގްރޫޕަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އޭދަފުއްޓާއި ގޮއިދޫއެވެ.

ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކެންދޫ، ދަރަވަންދޫގެ އިތުރުން ދޮންފަނު.
ގްރޫޕް ބީގައި އޭދަފުށި، ގޮއިދޫ، މާޅޮސް އަދި ކުޑަރިކިލު ހިމެނޭއިރު،
ގްރޫޕް ސީގައި ހިމެނެނީ ކިހާދޫ، ތުޅާދޫ، ފެހެންދޫ އަދި ހިތާދޫ.

ޖުލައި 1 ން 20 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައިއެވެ. މިމުބާރާތަކީ ބ.އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، ރަށްރަށުގެ ގުޅުންބަދަހިކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މީ މިހާތަނަށް ބ.އަތޮޅުގެ ރިސޯޓަކުން މީހުން ދިރިއުޅޭ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ މުބާރާތެކެވެ.
މިމުބާރާތުގެ ހުރިހާ މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ ބ.އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައިއެވެ.